ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަބަޔަކަށް އެއިޑްސް ޖެހުމުގެ ފުރުސަތު ބޮޑު: ނަސީމް

އޭޑްސް ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެޗްއައިވީ ނުވަތަ އެއިޑްސް ޖެހިފައިވާ މީހުންގެ އަދަދު މަދު  ނަމަވެސް ގިނަ ބަޔަކަށް އެބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ގއ ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނަސީމް ވިދާލުވީ ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ފެންނަ ގޮތުގައި އެއިޑްސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފެންނަ ކަމަށެވެ.

އެޗް އައިވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައް ރާއްޖެއިން ފެންނަމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އިއްޔެ އިފްތިތާހްކުރި އެޗްއައިވީ ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން ފެތުރޭ އެހެނިހެން ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭންގެ މުހިއްމުކަން ނަސީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައިވެސް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ އޭޑްސް އާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ހެޕަޓައިޓިސް ހިމެނޭގޮތަށް ބަލިން ރައްކާތެރިކުރުމާއި ބަލި ދެނެގަތުމާއި ބަލި ޖެހޭ މީހުންގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލް އަގްވާމީ އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އެއިޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވެދާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: