ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އެމްބިއުލާންސްތައް ކުދި ރަށްރަށުގައި ބޭނުމެއް ނުކުރެވޭ: ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި ރަށްރަށުގައި ބޮޑެތި އެމްބިއުލާންސް ފޮނުވުމުން ބޭނުން ނުކުރެވި މަގުތަކުން ދުއްވާނެ ޖާގަ ވެސް ނޯންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ވަރަށްގިނަ ރަށްރަށަށް އެމްބިއުލާންސް ނުލިބި ވާކަމަށެވެ.

ޝިފާއު ވަނީ އެމްބިއުލާންސް ނުލިބޭ ރަށްރަށުގެ ސިއްހީ މަރުކަޒު ތަކަށް އެމްބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭ ގޮތުން ނަސީމް އާ ސުވާލު ކުރައްވާފައެވެ.

ނަސީމް ވިދާޅުވީ ކުދި ރަށްރަށް ކުދި އެމްބިއުލަންސް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ފޮރިން ނިސްޓްރީ މެދުވެރިކޮށް ޗައިނާ އާއި އެމްބިއުލާންސް ތައް ގެނައުމާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ. ި

ނަސީމް ވިދާޅުވީ ޗައިނާ އިން ބަގީ ސައިޒްގެ އެމްބިއުލާންސް  ހުންނަ ކަމަށާއި އެހެން ކަމުން ރާއްޖެ އަށް ބަގީ ސައިޒްގެ އެމްބިއުލާންސް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: