ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިވެޓް ހެލްތްކެއާގެ މަޝްރޫއުން، އޯގާތެރި ސަރުކާރެއްގައި ހުންނަންޖެހޭ މިންގަނޑުތައް ފެންނާނެ: މިނިސްޓަރު ނަސީމް

މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓް ހެލްތްކެއާގެ މަޝްރޫއުން، އޯގާތެރި ސަރުކާރެއްގައި ހުންނަންޖެހޭ މިންގަނޑުތައް ފެންނާނެކަމަށް މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަސައްކަތް އިފްތިތާޙް ކުރުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި ގޮތް ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން މި ދިރާސާއަށް ފަންނީ އަދި މާލީ ގޮތުން އެހީތެރިވެދެއްވާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދާއިމީ ބޮޑެތި ބަލިތަކަށް މީހުން ހުށައެޅޭ މައިގަނޑު ހިރާސްތައް މިހާރު ކަންބޮޑުވާ ހިސާބަށް ފާހަގަވެއްޖެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ، މިކަން ދެނެގަތުމަށްޓަކައި ހެދި ސާވޭގެ ނަތީޖާއަކީ މުޅި ރާއްޖޭގެ ޙާލަތު ރަމްޒްކޮށްދޭ ނަތީޖާއެއްކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ފާހަގަވެއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިޔާސަތުތައް ކަނޑައަޅާ ތަންފިޒްކުރުމުގައި ސާބިތުހިފޭ ހެކިތަކުގެ މައްޗަށް ރިއާޔަތްކުރުމުގެ މުހިންމުކަން މި ނަތީޖާތަކުން ދައްކުވައިދީފި

ސިއްހީ ދާއިރާގެ މައްސައްކަތްތައް ހެޔޮ މިސްރާބަށް ގެންދިޔުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންވެސް، މިހާރު ކުރެވެމުންދަނީ ހޭލުންތެރިކަމުގެ މަސައްކަތްކަމަށާއި، އަދި ދުރާލާ ބަލިތައް ދެނެގަނެ، ދިގު މުއްދަތަށް ދެމިގެންދާ ބަލިތައް ތަހައްމަލުކުރަންޖެހޭ މީހުންނާއިވީހާވެސް ގާތުން ކަސްޓަމައިޒްކޮށް، އެމީހާއަށް ސްޕެސިފިކް ބޭސްތަކެއް ދިނުމަށް ބާރު އަޅާކަމަށެވެ.

އެގޮތުން މިހާރު ފަށާފައިވާ އަދި ކައިރި މުސްތަގުބަލެއްގައި އިތުރަށް ފުޅާވެގެންދާނެ ޕްރައިވެތް ހެލްތްކެއާގެ މަޝްރޫއުގައިވެސް އެންމެ ބޮޑޫ އިސްކަމެއްދީފައިވަނީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްކަމަށެވެ. މި މަސައްކަތުގައި ކޮމިއުނިޓީ ހެލްތް އޮފިސަރުން ދޮރުން ދޮރަށް ހިންގަވާ މީހުންގެ ހާލު ބައްލަވާކަމަށާއި، އޯގާތެރި ސަރުކާރެއްގައި ހުންނަންޖެހޭ މިންގަނޑުތައް ފެނިގެންދާނެކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްކުރާ މަސައްކަތް ފުޅާކުރެވިގެންދާނެކަމަށާއި، ވަކިން ހާއްސަކޮށް ދައުލަތުގެ އެކިއެކި އިދާރާތްތަށް ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް އިތުރަށް ހަރުދަނާކުރާނެކަމަށެވެ.

މިރޭ އިފްތިތާޙްކުރެވުނު “ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން” އަކީ ކުރިއަށް 8 އަހަރަށް އަމާޒްކުރެވިފައިވާ ކެމްޕެއިންއެއްކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް މުޅިރާއްޖޭގައި 2020-2021 ގައި ކުރެވުނު ސަރވޭ “ޑަބްލިއު އެޗް އޯ ސްޓެޕްސް ސާރވޭ އޮން ރިސްކް ފެކްޓާރސް ފޯރ ނޮންކޮމިއުކަބަލް ޑިޒީސަސް” ގެ ނަތީޖާ އީއުލާނު ކުރުމާއި ” ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން” ޢާންމު ކުރުމުގެ އިތުރުން، މި ޕްލޭންގައިވާ ކަންކަން ތަންފީޒުކޮށް، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މިހާރުހުރި ނިޞްބަތުން %25،  2030 ގެ ނިޔަލަށް، ދައް ކުރުމަށް ހިންގާ ކެމްޕޭން “30 އިން 25 އަށް” ވެސް މިހަފްލާގައި އިފްތިތާހުކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: