ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުވީއިރު އެމްޑީޕީއާއި ސަރުކާރާއި އޮތް ގުޅުން ރަނގަޅެއް ނޫން: ރޮޒެއިނާ

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމަކަށް ތިން އަހަރު ވެގެންދިޔައިރު އެމްޑީޕީއާއި ސަރުކާރާއި އޮތް ގުޅުން ރަނގަޅު ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކޯލިޝަން ސަރުކާރެއް އޮތްކަމުގައިވިޔަސް ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ބޭފުޅެއްކަމަށެވެ. ވެރިކަމުގެ ހުރިހާ ބާރެއް އޮންނާނީ ރައީސް ސޯލިހުގެ އަތްޕުޅުގައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ސަރުކާރާއި އޮތް ގުޅުން އެހާ ރަނގަޅު ނޫންކަމަށާއި އެއީ ބަދަލުކުރަންޖެހޭ ކަމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރައްޔިތުންގެ އިހުސާސްތަކާއި ވައުުދުތަކުގެ ވާހަކަތައް ސަރުކާރާއި ހަމައަށް ގެންދަންޖެހެނީ މަޖިލިސް މެމްބަރުންކަމަށާއި ސަރުކާރާއި ޕާޓީ މެމްބަރުންގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މިވަގުތު ޕާޓީގެ އެތެރޭގެ އިންތިހާބެއް އޮތް ކަމުގައިވީނަމަވެސް މިއިންތިހާބު ނިމުމާއެކު ދެން ކުރިމަތިލާންޖެހެނީ ޕާޓީ އެއްކޮށް ގުޅިގެން މަސައްކަތްކޮށް ކާމިޔާބުކުރަންޖެހޭ އިންތިހާބަކާއިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ޕާޓީގެ ތެރޭގައި ޕާޓީގެ މެމްބަރުން ކުރާ އެންޓި ކެމްޕެއިންތަކުގެ ނުރަނގަޅު އަސަރު މާދަމާ ފެންނާނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެންޓި ކެމްޕެއިންކުރުމަށް ޕާޓީގެ މެމްބަރުން ދައްކަވާ ވާހަކަތައް ކުށްވެރިކުރާ ކަމަށާއި އެފަދަ ވާހަކަތަކަކީ ޕާޓީގެ ސިޔާސަތުތަކާއި އަސާސްތަކާއި ޚިލާފް ވާހަކަތަކެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

”މީހުންގެ އަސް އެކައުންޓްތަކުން ކާކުކަން އެނގޭ ގޮތަށް އެބަހުރި ޕޯސްޓްކޮށްފައި ކޮރު އިބްރާއޭވެސް ކިޔާފައި. ވަގަށް ގޮވާފައި އެބަހުރި! އަޅުގަނޑުމެންގެ ޕާޓީއަކީ ޑިސްއެބިލިޓީ ހުންނަ މީހުންނަށް ކަންކަން ކޮށްދޭ ޕާޓީއެއް. މިފަދަ ވާހަކަތަކަކީ ޕާޓީގެ އަސާސްތަކާއި ޚިލާފް ވާހަކައެއް“ ރޮޒެއިނާ

ރޮޒެއިނާއަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ޕީސީއާރް ޓެސްޓު ކިޓުތަކުން މަންފާ ހޯދާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއިމެދު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ޕީސާއާރު ޓެސްޓާއި އޭނާއާއި އެއްވެސް ގުޅުމެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. 15 ވަރަކަށް ފަހަރު ޕީސީއާރް ޓެސްޓު ހެދުން ފިޔަވައި ޕީސީއާރްއާއި ގުޅުންހުރި އެއްވެސް ކަމެއް ނުކުރާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

”ބޭހުގެ ވިޔަފާރިކުރުމަކީ އެއްވެސް އިރެއްގައި ހިޔާލުވެސް ކުރިކަމެއް ނޫން“ ރޮޒެއިނާ

ސޯޝަލް މީޑިޔާގައިވެސް އަދި އެހެން ގޮތްގޮތަށްވެސް ސާބިތުނުހިފޭ ދެއްކޭ ވާހަކަ ދައްކާދައްކާ އެއީ ތެދެއްކަމަށް ގަބޫލުކުރާ މިންވަރަށް ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އަބުރުގެ ގާނޫނެއް ނެތުމަކީ މިފެންވަރަށް ވެއްޓެންޖެހޭ ސަބަބެއްނޫންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ އާ މަޝްރޫއުތަކަކާއި އާ ކަންތައްތަކެއް ތައާރަފްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަންކަން ފަށައިގަނެވުނަސް ސިސްޓަމް ރަނގަޅުކޮށް އެކަންކަން އެކަންކަން ރަނގަޅު ނިޒާމެއްގައި އެސްޓަބްލިޝްކުރުމަށް ޕާޓީއާއި ސަރުކާރާއި ގުޅުން ރަނގަޅުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: