ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށް ޕާސްޕޯޓް ހިފަހައްޓައިފި

އެމްއައިޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ރާއިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއައިޓީޑީސީގެ ގެ އެކައުންޓްތައް ފްރީޒްކޮށް ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޕާސްޕޯޓް ހވަނީ ހިފަހަށްޓާފައެވެ.

އެމްއައިޓީޑީސީގެ އެކައުންޓުގައި ހުރި 70،000 ޑޮލަރަށް ވާ ދިވެހި ރުފިޔާ ސިިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ހިފެހައްޓާފައިވަނީ، ކްރިސްޓްލައިން މޯލްޑިވްސް އަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ކަނޑައެޅި މުއްދަތުގައި ނުދެއްކުމުން ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ފިނޭންސްމިނިސްޓަރު އިބްރާހިމް އަމީރަށް އެމްއައިޓީޑީސީން މިދިޔަ ހަފުތާގައި ފޮނުވި ސިޓީގައިވާ ގޮތުގައި ކޯޓުގެ ހުކުމާ އެއްގޮތަށް ކްރިސްޓްލައިން މޯލްޑިވްސް އަށް އެ ފައިސާ ދެއްކުމަށް ޑޮލަރު ބޭނުންވާ ވާހަކަ ބަޔާންކޮށްފައިވެއެވެ އެ ކުންފުންޏަށް އެމްއައިޓީޑީސީން ފައިސާ ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ.

ކްރިސްޓްލައިން މޯލްޑިވްސް އަށް އެމްއައިޓީޑީސީން އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. އޭގެތެރެއިން މިހާތަނަށް ދެއްކީ 30،000 ޑޮލަރު (460،000ރ.) އެވެ. ބާކީ ދައްކަން ޖެހޭ 70،000 ޑޮލަރު، 1.7 މިލިއަން ރުފިޔާ ގެ ތެރެއިން މިދިޔަ މަހުގެ 15 ގެކުރިން 9،090 ޑޮލަރު (140،000 ރުފިޔާ) އެމްއައިޓީޑީސީ އިން އެކުންފުންޏަށް ދައްކަން ޖެހެއެވެ.

އެ ފައިސާ މިދިޔަ ޖެނުއަރީ މަހު ނުދެއްކުމުން މި މަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވައި، އެމްއަިޓީޑީސީގެ އެކައުންޓުގައި ހުރި 70،000 ޑޮލަރަށްވާ ދިވެހި ފައިސާ (1.07 މިލިއަން ރުފިޔާ) ހިފަހައްޓައިފައެވެ.

އެމްއައިޓީޑީސީ އަކީ  މީގެ ކުރިންވެސް މާލީ ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ކުރިމަތިވި ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

އެމްއައިޓީޑީސީގެ ފަރާތުން ތަރައްގީ ކުރުމަށް މަސައްކަތްކުރާ ލ. ބަރެސްދޫ އާއިގުޅިގެން އެކި ކުންފުނިތަކުން ނަގާފައިވާ ގާތްގަނޑަކަށް ދެމިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: