ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް 15 ބޭފުޅުން ކުރިމަތިލައްވައިފި

ސިވިލް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟
ހުސްވެފައިވާ ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް 15 ބޭފުޅުން ކުރިމަތިލައްވައިފި އެވެ.

ނަމަވެސް ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ވަނަވަރު ހާމަކޮށްފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި މަހުގެ 6 ގައެވެ.

ގާޒީ ފަރުހާދު ރަޝީދު ސިވިލް ކޯޓު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވީ ވަގުތީ ގޮތުންނެވެ. މަގާމު ހަވާލުކުރީ ސެޕްޓެމްބަރު މަހުއެވެ. ފަރުހާދުއާއި އެ މަގާމު ހަވާލުކުރީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުކަމުގައި ފަނޑިޔާރު ހުސައިން ޝަހީދު ހުންނެވީވެސް ވަގުތީ ގޮތުންނެވެ. އެ މަގާމު އޭނާއާއި ހަވާލުކުރީ މިދިޔަ އަހަރުއެވެ. އެއީ ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ، ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުންނެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުން ގަނޑި ވަނީ މި މަހު 19 ގައި ހަމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: