ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. އަތޮޅުގެ ދެ ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ކޯޓުން ނުދިން

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ: ފޮޓޯ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ކެނދިވަރު އާއި އެ އަތޮޅުގެ ދޮނައެރިކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް އެ ދެ ރަށް އެއްވެސް ބަޔަކާއި ހަވާލު ނުކުރުމަށް އެދި ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ދަމަކް އޯޝަން ހައިޓްސް ކޮމެޕެނީ އާއި ޓޫރިޒަމް މިނިސްޓްރީ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ. އަދި ދޮނަހިރިކަނޑިދޫ އަކީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގަން ސަރުކާރު އަދި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) ދެމެދު 2017 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޫކުރުމަށް ނިންމާފައި އޮތް ރަށެކެވެ.

އެ އަތޮޅު ކައުންސިލުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ބައްދަލުވުމެއްގައި ބާއްވައި އެކަމަށް ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

މައްސަލައިގައި ވަނީ ނ. އަތޮޅުގެ ގިނަ ރަށްތައް މިހާރު ވެސް ހުރީ ފަތުވެރިކަން ކުރުމުގެ ނަމުގައި އާއި، ދަނޑުވެރިކަން ކުރުމުގެ ނަމުގައި ސިންގަލް ޕާރސަލް އުސޫލުން ވަކި ފަރާތްތަކަށް އެކަނި ބޭނުން ކުރެވޭ ގޮތަށް ދިގު މުއްދަތަށް ކުއްޔަށް ދޫކިރެވިފައި ކަމަށެވެ. އަދި މިގޮތަށް ދޫކުރެވިފައިވާ ތަންތަނުގެ އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ވެސް އަދި މަންފާއެއް ވެސް ނުލިބޭއިރު އެ ރަށްތައް ޒަމާނުއްސުރެ ބޭނުން ކުރަމުންދިޔަ ރައްޔިތުންނަށް އެތަންތަން ބޭނުންކުރުމުން ވަނީ މަހުރޫމް ކުރެވިފައިކަމާއި މިގޮތަށް ވަކި ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫނުކޮށް ހުރި މަދު ފަޅުރަށްތަކުގެ ތެރޭގައި މި ދައުވާގެ މައުޟޫގައި ހިމެނޭ ދެ ރަށް ވެސް ހިމެނޭކަމަށެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި ދެ ރަށް ދިގު މުއްދަތަކަށް މި މައްސަލައާއި މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ކުއްޔަށް ދޫކޮށްފި ނަމަ އެހެން ފަރާތެއްގެ މަސްލަހަތު ވެސް އެ ރަށްތަކުގެ މައްޗަށް އިސްވެ މި މައްސަލަ ނިންމާއިރު އަންނަ ހުކުމެއް ކުރިޔާލާ ކަނޑައެޅޭނެ ކަމަށެވެ.

މައްސަލަ ކައުންސިލުން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށެވެ. އަދި ދައުވާގައި ވަނީ އަމުރު ނެރެދޭން އެދިފައި ވަނީ ދެ ރަށް ވެސް ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުން އެއީ އިދާރީ ދާއިރާތައް ލާމަރުކަޒު އުސޫލުން ހިންގުމުގެ ގާނޫނާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި، ނިންމެވުމެއްކަމަށް ބުނެ އެވެ.

ކައުންސިލްގެ ދައުވާގައި އެދިފައި ވާ ކަންތަކާއި ގުޅިގެން ޖަވާބުދާރީވެ ދައުލަތުން ބުނީ ކެނދިވަރަކީ 2022، ޑިސެމްބަރު ގައި ދަމަކް ކުންފުންޏާއި މިނިސްޓްރީގެ ދެމެދު ވީ އެއްބަސްވުމެއްގެ އެއްބަސްވުމެއް ހަދައި ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ދައުލަތުން ބުނެފައި ވަނީ ދެ ރަށް ދޫކޮށްފައި ވަނީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތިކަމަށް ނުވަތަ މަޝްވަރާއެއް ނެތި އެގޮތަށް ރަށް ދޫނުކުރެވޭނެކަމަށް ދެކޭނަމަ މަޝްވަރާކޮށް ސުލްހައިގެ ދަށުން ހައްލެއް ހޯދުމަށް ކައުންސިލުން ކުރި މަސައްކަތެއް ވެސް ބުނެދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުން ވަނީ ކައުންސިލުން ހައްލެއް ހޯދުމަށް މަސައްކަތް ކުރިކަން އެނގޭނެ އެއްވެސް ލިޔެކިއުމެއް ފެންނަން ނެތްކަމަށް ފާހަގަކޮށްފަ އެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން މަޝްވަރާއަށް ދާން ބޭނުން ވާނަމަ އެ ފުރުސަތުިއޮތް މައްސަލައެއްކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ދެފަރާތުގެ ވެސް ވާހަކައަށް ފަހު މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިސްމާއިލް ނިންމެވީ ހުށަހަޅާފައިވާ ކަންކަމާއި އަދި ކޯޓުގެ ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް ކައުންސިލުން އެދޭ ގޮތަށް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: