ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް 2 އަހަރު ތެރޭ ތަރައްގީކުރެވޭނެ: ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ދެއަހަރު ތެރޭ ތަރައްގީކޮށް ނިންމާލެވޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ ވަނީ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ތަރައްގީކޮށް ނިންމާލެވޭނެ ތާރިހަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރ ނަސީމް ވިދާޅުވީ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން 14 ކޮނަލްސްޓޭޝަން ރޫމް ހިމެނޭ އާ އޯޕީޑީ ރޫމްއެއް ގާއިމްކުރުމާއި 4 ޕްރައިވެޓް ރޫމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީވެގެން ދާއިރު އެންއައިސީޔޫގެ ހިދުމަތްވެސް ލިބޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ މިމަސައްކަތްތަކުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވެފައެވެ.

އޯޕީޑީގެ 9 އެނދު އީއާރްއަށް ބަދަލުކުރުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމެއް ގާއިމްކުރުމަށް ފެނަކައާއި ހަވާލުކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހޮސްޕިޓަލް ތަރައްގީކުރުމަށް ކުވެއިތު ފަންޑްގެ ލޯނު ހަމަޖެހިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލް ޑިޒައިންކުރާނެ ފާރމްއަކަށް މިހާރު އެވޯޑްކުރެވިފައިވާ ކަމަށާއި ހޮސްޕިޓަލުގެ އާ އިމާރާތް ދެވަނަ ކުއާޓާރުތެރޭ ޓެންޑަރ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ލާމަރުކަޒީ ނިޒާމްގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ތިނަދޫ ހޮސްޕިޓަލުން މިހާރު އަލަށް ފޯރުކޮށްދޭން ފަށާފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށް ފުރިހަމަ ކުރެވިފައިވާއިރު މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ހޮސްޕިޓަލަށް ވަނީ ފޮނުވާފައެވެ. އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭން ފަށާފައިވާއިރު ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ޒަމާނީ ފެންވަރަށް ބަދަލުކުރެވި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. އަދި ވޯޑުތައް އެއަރކޮންޑިޝަންކޮށް ނިމިފައިވާއިރު ހޮސްޕިޓަލާއި އޮފީސް އިމާރާތުގައި ކުރަންހުރި މަރާމާތުތައް މިހާރު ވަނީ ނިމިފައެވެ. ކޮވިޑް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ޤާއިމުކުރެވި، މިތަނަށް ބޭނުންވާ ގިނައަދަދެއްގެ އިކުއިޕްމަންޓުތައް ފޮނުވާފައިވާއިރު، ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކުރެވި އެހިދުމަތްވެސް ހޮސްޕިޓަލުން ފޯރުކޮށްދެމުންދާކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: