ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ ނުބަލާތީ ޕާޓީއަށް އޮތް އިތުބާރު ގެއްލޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުތަކުން ވައްކަންކުިރި މައްސަލަ ނުބަލާތީ އެމްޑީޕީއަށް އޮތް އިތުބާރު ގެއްލޭ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަސާސްތަކުގެ ތެރޭގައި އިންސާފާއި، ހަމަހަމަ ކަމުގެ އިތުރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކެއްވާ ކަމުގައި އިންތި ވިދާޅުވިއެވެ. ހަމައެއާއިއެކު އެމްޑީޕީއިން މާލެ އާއި އަތޮޅުތެރޭގެ ރަށްތައް ހިމަނައި ވީ ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި އެކު މުހިއްމު އެތަކެއް ވައުދެއް ވެފައިވާކަމުގައި އިންތި ވިދާޅުވިއެވެ. އެހެންކަމުން އެ ވައުދުތައް ފުރިހަމަވެ ފުދިގެން ދިއުމަކީ ރައްޔިތުން ވަކިން ހާއްސަކޮށް އެމްޑީޕީ މެމްބަރުން ބޭނުންވާ ކަމެއްކަން އިންތި ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަކީ ވަރަށް މުހިއްމު މަގާމެއް ކަމަށާއި އެ އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި އެ އިންތިހާބު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެއިންތިހާބު ބަލާނެ ކަމުގައި އިންތި ވިދާޅުވިއެވެ.

ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލީި އާންމު މެމްބަރުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އިންތި ވިދާޅުވިއެވެ. ޕާޓީ އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމު އަދާކުރުމަކީ ޕާޓީއަށް ލިބިގެންދާނެ ރަނގަޅު ބަދަލެއްކަމަށް ދެކިލައްވާކަމުގައި އިންތި ވިދާޅުވިއެވެ.

އެމްޑީޕީއަކީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ އުންމީދުތަކަކާއި ގުޅިފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ޕާޓީ އުފަންވީއްސުރެ ޕާޓީ ބިނާކުރި އުސޫލުތަކާއި ފަލްސަފާތަކަކީ ގިނަ ރަައްޔިތުން އެކަންކަމަށް އިތުބާރުކުރާ އަދި ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަންތައްތަކެއް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީ ވެރިކަމަށް އައީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއި އެކު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތުވެސް ރައްޔިތުން ދީފައިވާކަން އިންތި ފާހަގަކުރެއްވިއެވެ.

ރާއްޖެ އަކީ ތަރައްގީގެ ގޮތުން ބަލާއިރު ތަންކޮޅެއް ފަހަތުގައި އޮތް ގައުމަކަށް ވާތީ ލިބޭ ފުރުސަތުގެ ބޭނުން އަވަސް ސްޕީޑެއްގައި ހިފުމަކީ ވަރަށް ގިނަ ރައްޔިތުންގެ އުންމީދެއް ކަމުގައި އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެންމެ ގަދައަށް ދެކެވުނު އެއްވާހަކައަކީ ޝަރުއީ ދާއިރާގައި ހުރި ނުރަނގަޅު ކަންތައްތަކުގެ ވާހަކަތައްކަމަށް އިންތި ވިދާޅުވިއެވެ. ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ އިތުރުން މިފަދަ އެހެން ކަންކަމަށް އިންސާފު ލިބުމަކީ ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް ކަމުގައި އިންތި ވިދާޅުވިއެވެ.

”އަޅުގަނޑުމެން ވެރިކަމަށް މިއައީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ވާހަކަ ދައްކައިގެން“ އިންތި

މިދިޔަ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތަކަށް ތަހުގީގު ނުކުރެވި އޮތް އިރު، މި ސަރުކާރުގެ ތެރޭގައި ވެންޓިލޭޓަރުތަކުން ޚިޔާނާތްތެރިވެފައިވާ މައްސަލައެއް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

”ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލަން އުޅޭހެން ވެސް އަޅުގަނޑަކަށް ހިއެއް ނުވޭ، މީގެ ސަބަބުން މި ގެއްލިގެން ދަނީ އަނެއްކާ ވެސް އެމްޑީޕީއަށް އޮތް އިތުބާރެއް، އަޅުގަނޑުމެން ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް“ އިންތި

މީގެ އިތުރުން ފަސް އަހަރުގެ ދައުރަކީ ކުރު މުއްދަތަކަށްވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭން ޖެހޭނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަންކަމަށާއި މި ސަރުކާރުގައި މިކަން ނުވެއްޖެނަމަ މިއިން ދުވަހަކު ވެސް މި މައްސަލަތައް ބެލޭނެ ކަމަކަށް ދެކެވަޑައިނުގަންނަވާކަމަށް އިންތި ވިދާޅުވިއެވެ. ޕާޓީގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ނައްތާލާ ޕާޓީ އެކަތިގަނޑަކަށް ހަދާ އެއްގޮތް ކަންތައްތަކެއް ދެމެހެއްޓުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާ ޗެއަރޕަރސަންކަމުގަ މަގާމަށް އިންތިހާބުވެއްޖަނަމަ އެކަމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: