ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީބީއެސްއެސް އިންސްރަކްޓަރ ކޯހާއި ވީބީ އެސްއެސްބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބައްވައިފި

ވީބީއެސްއެސް އިންސްރަކްޗަރ / ވީބީއެސްއެސް ބެސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔަތިގެ ތެރެެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސިޓް ބޯޑް ސާރޗްއެންޑް ސީޒަރ އިންސްރަކްޓަރ ކޯހާއި ވިސިޓް ބޯޑް ސާރޗް އެންޑް ސީޒަރ ބޭސިކް ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބައްވައިފިއެވެ.

މި ދެ ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑެންޓް އިބްރާހިމް ހިލްމީއެވެ.

ޔުނައިޓެޑްނޭޝަން އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ދަށުން ހިންގި މި ދެ ކޯސް ހިނގާދިޔަ ގޮތުގެ ރިމާކްސްއެއް ދެއްވާ، ކޯސްތަކުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވިއެވެ. ކޯސްޓްގާޑާއި ޔޫއެންއޯޑީސީ ގުޅިގެން އިންތިޒާމްކުރި ވިޒިޓްބޯޑް ސަރޗް އެންޑް ސީޒަރގެ އިންސްރަކްޓަރ ކޯހާއި ބޭސިކް ކޯސް ކުރިޔަޢް ގެންދިއުމުގެ މަޤްސަދުތަކުގެތޭގައި ކަނޑުމަތީ ހަރަކާތް ތެރިވާ ލޯ އެންފޯސްމަންޓް އިދާރާތަކަށް ނިސްބަތްވާ ފަރާތްތަކުން އެއް އިދާރާ، އަނެއް އިދާރާއި ގުޅިގެން މަސައްކަތްކުރުމުގެ އަމަލީ ތަޖުރިބާ ހޯދައިދިނުން ހިމެނެއެވެ.

އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަސްޓަމްސް ސަރވިސްއިން ބައިވެރިވި މި ދެ ކޯހުގެ ތެރެއިން ފުރަތަމަ ފެށި ވީބީއެސްއެސް އިންސްރަކްޓަރ ކޯހުގެ ތިއަރީ ބައިގެ މުއްދަތަކީ އެއްހަފްތާއެވެ. ވީބީއެސްއެސް ބޭސިކް ކޯހުގެ މުއްދަތަކީ އެއްހަފްތާއެވެ. މިކޯހަކީ ވީބީއެސްއެސް ބޭސިކް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭގޮތައް ކުރިޔަށްގެންދާ ކޯހެކެވެ. މިނިގެންދިޔަ ކޯހުގެ ޖުމްލަ 4 ސިފައިން ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރިއިރު، ވީބީއެސްއެސް ބެސިކް ކޯހުގައި 14 ފަރާތަކުން ބައިވެރިވެ ސެޓްފިކޭޓް ހާސިލް ކުރިއެވެ. މި ކޯހުގެ ބޭސިކް ކޯހުގައި ބައިވެރިވި ފަރާތް ތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޙިދުމަތުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި ކަސްޓަމްސްގެ ދެ މުވައްޒަފުންނާއި އެމްއެންޑީއެފްގެ 8 ސިފައިން ހިމެނެއެވެ.

މި ކޯހުގެ ތިއަރީ ކްލާސްތަކުގައި ބައެއް ޕްރެކްޓިކަލް ކްލާސްތައް ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިއުޓްރޭނިންގް ސްކޫލައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި ކުރިއައްގެންގޮސްފައި ވެއެވެ. އަދި ބައެއް ޕްރެކްޓިކަލް ކްލާސްތައް ކ. ތިަލފުށީ ކައިރީގަވެސް ބައެއް ތަމްރީންތައްވަނީ ބާއްވަފައެވެ.

ކޯހުގައި ކިޔަވައިދެނުވު ބައިތަކުގެ ތެރެގައި ލޯއެންފޯސްމަންޓް އޭޖެންސީ ތަކުގެ ޒިންމާ ތަކާއި، ކަނޑުމަތީގެ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، ސެލްފްޑިފެންސް ޓެކްނިކްސްގެ އިތުރުން، އެރެސްޓިންގް ޓެކްނިކްސް، އަދި މުއާމަލާތު ކުރުން ފަދަ ހުނަރުތައް ހިމެނެއެވެ. މީގެ އިތުރުން ކޯހުގެ ތެރޭގައި ވީބީއެސްއެސް އިންސްރަކްޓަރ ކޯހުގެ ބައިވެރިންނަށް އިންސްރަކްޝަން ޓެކްނިކްސް ކިޔައިދެއްވިއެވެ.

ވީބީއެސްއެސް ކޯސްތައް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ ހެޑް، ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާނު ހަނީފް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ މުހައްމަދު މާނިއުގެ އިތުރުން ޔޫއެންއޯޑީސީގެ ހެޑްއޮފް ޕްރޮގްރާމް އޮފިސަރ ޕައުލް ރޮބަރޓް ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: