ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މި އޮޑި ނުފެތޭނެ، އެކަމަކު މި އޮތީ މަރާމާތު ކުރަން ޖެހިފައި: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އޮޑީގެ ސްޕީޑު ދަަށްވެފައިވާކަމަށާއި، ޗެއާޕާސަންގެ މަގާމާއި އެކު ބޭނުން ވަނީ އެމްޑީޕީގެ އަސާސްތައް ދަމަހައްޓައި 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އާއި، އަންހެނުންގެ ރޫހުގެ ރައީސަކަށް ވާސަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކުރު ތާރީހުގައި ދިވެހިރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިން ކަމަށެވެ. އަނިޔާވެރި ވެރިކަމެއްގެ ތެރެއިން ރައްޔިތުން ބަހެއް ބުނަން ނުކެރި ތިއްބައި، އެ ވަކިތަކުން ގައުމު ސަލާމަތް ކުރީ އެމްޑީޕީގެ ވަރުގަދަ ލީޑަރުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެ ދިރިއުޅުން ބަދަލުވީ ނަމަވެސް، އެއީ އަނިޔާވެރިކަން ނިމުމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިއަދު ކުރަން ވީ ސުވާލަކީ އަނިޔާވެރިކަމާއި، ފަސާދައަށް އަލުން އަނބުރާ ފުރޮޅިގެން ދިއުން މައްސަލައެއް ނެތްތޯކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޕާޓީގެ އަސާސްތައް ނަގަހައްޓަން އިތުރަށް މަސައްކަތް ނުކޮށްފިނަމައެމްޑީޕީއަށް އޭގެ ސަބަބުން ގެއްލުން ވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، މިއީ ވަކި ބަޔަކަށް އޮތް ޕާޓީ އެެއް ނޫން ކަމަށެވެ. އަދި އަންހެނުންގެ ކުރިމަގަށް ހުރަސް އަޅައި، ޒުވާނުންނަށް އޮތް ފުރުސަތު ބަންދުކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

މި އޮޑިއެއް ނުފެތޭނެ. މިއިީ ކޮންމެ ތަނަކަށް ވެސް ހެޔޮވަރު އޮޑިއެއް. ނަމަވެސް ހަގީގަތަކީ މި އޮޑީގެ ސްޕީޑު ކޮންމެވެސް ވަރަކަށް ދަށްވެއްޖެކަން. މި އޮޑިމަރާމަތު ކުރަން ޖެހިއްޖެ. މި އޮޑީގެ ރިޔާ ސާފު ކުރަން ޖެހިއްޖެ“ ފައްޔާޒް

އެމްޑީޕީގެ ޒުވާނުން ޕާޓީގެ އިންތިހާބުތަކާއި ދިމާކޮށް އެތައް މަސައްކަތެއް ކުރާއިރު، އެ މީހުންގެ އަޑު ރަނގަޅު ގޮތުގައި އިއްވޭތޯ ފައްޔާޒް ސުވާލު އުފެއްދި އެވެ.

އެމްޑީޕީގެ އޮޑި ކުރިޔަށް ގެންދިއުމަށް، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ،އަބަދުވެސް މަސައްކަތް ކުރާނީ އަދުލުވެރި، އިންސާފުވެރި ޑިމޮކްރެޓިކް ވެރިކަމެއް 2023 ގައި ގެނައުމަށް ކަމަށެވެ.

އެމްޑިޕީގެ ސުޕަމެޖޯރިޓީއެއް މަޖިލީހުގައި އޮވެމެ، ވަރުގަދަ ހަރަކާތްތައް ކުރިޔަށް ނުގެންދެވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: