ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފައްދަންވީ އަންހެން އެކްޓިވިސްޓުންނެއް ނޫން، އުފައްދަން ވީ އަންހެން ވެރިން: ރޮޒެއިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި އަންހެން ޕާޓީ އެކްޓިވިސްޓުން އުފެއްދިދާނެކަމަށާއި، ނަމަވެސް މުހިންމީ ”އަންހެން ވެރިން“ އުފެއްދުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރިޔަށް އޮތް އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފޯރިއާއި އެކު ކުރިޔަަށްދާއިރު މިރޭ ”އެމްޑީޕީ ހިންގާލަން“ ގެ ނަމުގައި ޗެއާޕާސަނަކަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އަންހެނުންގެ ރޫހުގެ ރައީސަކަށް ރޮޒެއިނާ ގެންނަން ކެމްޕެއިން ރަސްމީކޮށް ވަނީ ލޯންޗުކޮށްފަ އެވެ.

ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންހެނުންގެ ތަރައްގީއާއި، ކުރިއެރުމަަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން ސިޔާސީ ދާއިރާއިން އަންހެނުންނަަށް ފުރުސަތުތައް ހޯދައިދިނުމަށް، ލޯކަލް ކައުންސިލްތަކުން 30 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ރޮޒެއިނާ ފާހަގަ ކުރެއްވި އެވެ.

އެމްޑިޕީގެ މިވީ 16 އަހަރުގެ ތާރީހުގައި، އަންހެނުންގެ ރޫހަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. ސިޔާސީ ގޮތުން ޕާޓީގައި އެކްޓިވިސްޓް ލެވެލްގައި ހަރަކާތްތެރިވާ އަންހެނުން ތިބި ނަމަވެސް ބޭނުން ވަނީ އަންހެން ވެރިން އުފެއްދުންކަމަަށް ރޮޒެއިނާ ވިދާޅުވި އެވެ.

ގައުމު ބިނާ ކުރުމަށް އަންހެނުންގެ ދައުުރު މުހިންމުކަމަށާއި، މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ހިމަނަންޖެހޭކަމަށް ރޮޒެއިނާވިދާޅުވި އެވެ.

ސިޔާސީ މަަސައްކަތަކީ، ހަޑި މަސައްކަތެއްގެ ގޮތުގައި ސިފަކޮށް އަނެހެނުން މި ދާއިރާ އާއި ދުރުގައި ތިބެންޖެހޭކަމަށް ވާހަކަ ދެކެވުނަސް އެއީ އެއްވެސްހަގީގަތެއް ނޫން ކަމަަށް ރޮޒެއިނާ ވިދާޅުވި އެވެ. ރޮޒެއިނާ ވިދާޅުވީ އެއްވެސް ދާއިރާއެއްގައި މަސައްކަތް ކުރުން ހަޑި ނޫންކަމަށާއި، ނަމަވެސް އެ މަސައްކަތެއްހަޑި ކުރަނީ ވަކި ބައެއް ކަމަަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވަނީ، ސަރުކާރުގެ މުވައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމުގައި އާއި ދައުލަތުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރުމުގައި ރައީސް ސޯލިހު އަންހެނުންނަަށް ހާއްސަ އިސްކަމެއް ދެއްވިކަން ފާހަގަ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: