ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕާޓީގެ ހިންގުން އޮތީ އެމްޑީޕީގެ ސައިޒުގައެއް ނޫން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ޕާޓީގެ ހިންގުން އޮތީ އެމްޑީޕީގެ ސައިޒުގައި ނޫން ކަމަށް ޗެއަރޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ ކެމްޕޭން ލޯންޗްކުރުމަށް ރޭ ށ. މިލަންދޫގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑިޕީގެ ހިންގުން އޮތީ ޕާޓީގެ ސައިޒުގައި ނޫންކަމަށާޢި އެއީ މެމްބަރުންނަށް ހައްގުވާ މިންވަރު ނޫން ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މަސައްކަތް އޮތީ ހަގީގަތުގައި ޕާޓީގެ މެމްބަރުން ލަދުވެތިވާ ހިސާބުގައި ކަމުގައެވެ.

ޕާޓީ ތެރޭގައި ދެ ފެކްޝަން އުފެދި މިއަދު އެކަން ވަނީ މީޑީޔާތަކަށްވެސް ތިލަވެފައެވެ. ޕާޓީގެ އާންމު މެމްބަރުންވެސް އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެކަމަށް އިޝާރާތްކުރައްވާ ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރިކަން ޕާޓީގައި ނެތްކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ ފިތުނައިގެ ތެރޭގައި ތާށިވެގެން ތިބޭ ވަރަށް ވުރެ އެމްޑީޕީއަކީ ބޮޑު ޕާޓީއެއް ކަމަށެވެ.

އެމްޑީޕީ އަކީ ކޮންމެ މީހަކަށް ޖާގަ އޮތް ޕާޓީއެއް ކަމަށާއި ވަކި ގެއަކަށް ނިސްބަތްވީތީ ޕާޓީގައި ނޫޅެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ފައްޔާޒް ވިދާޅުވިއެވެ. ޒުވާނަކަށް ވީތީ ޕާޓީން ޖާގަނުލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަންހެނަކަށް ވީތީ ޕާޓީގައި އަންހެނުންގެ އަޑު ނުއުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީ އަކީ ހުރިހާ ރައްޔިތުންނަށް މަރުހަބާ ކިޔަންޖެހޭ ޕާޓީ އެއްކަމަށާއި އެހެން ހުރިހާ ޕާޓީތަކުންވެސް މީހުން އައިސް ޕާޓީގެ އެންމެ މަތީ ފަންތިއަށް ދިއުމުގެ ޖާގަ އޮތް ކަމަށާއި އެކަން ކަށަވަރުކޮށްދޭނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އޮޑި މަރާމާތުކޮށްލައި ފަޅުވެރިންގެ ތެރޭގައި އޮތް ނުތަނަވަސްކަން ނައްތާލައި ފުރިހަމައަށް ރަނގަޅަށް އޮޑިއަށް ކޮއްތު އަރުވާލައި ކައްޕިތާނުންނަށް އޮޑިއައިގެން ކުރިއަށް ދިއުމަށް އޮޑިތައްޔާރުކުރަން ފަށަންވެއްޖެ ކަމަށެވެ. ޗެއަރޕާސަންކަމަށް އޭނާ ހޮވިއްޖެ ނަމަ އެމްޑީޕީން 2023 ވަނަ އަހަރުގެ ވެރިކަމަށް އައުމަށް ކުރާ ކެމްޕޭން ވަރުގަދަކޮށް ހިންގާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

”އެމްޑީޕީގެ ސަރުކާރެއްގައި ސުޕަރ މެޖޯރިޓީ އޮވެ ޕާޓީގެ އެއްވެސް ހަރާކާތެއް ވޭތުވެދިޔަ ތިން އަހަރު ހިނގާފައި ނެތް. އެއީ ލަދުވެތި ކަމެއް“ ފައްޔާޒް

ޕާޓީ ހިންގަން ތިބި ބޭފުޅުންގެ ވިސްނުމުގައި ޕާޓީ ހިންގުމަށް ހަރަކާތްތައް ރާވާ ހިންގާނެ ގޮތެއް ރޭވިފައިނެތްކަން ފާހަގަ ކުރައްވައި ފައްޔާޒް އިތުރަށް ވިދާޅުވީ އެކަންކަން ރާވާލައިގެން ކުރިނަމަ ބޮޑެތި ކާމިޔާބީތަކެއް ލިބުނީސް ކަމަށެވެ. ޕާޓީގެ ރަށް ރަށުގެ ހަރުގެތައް ހިނގަންވާނީ ހަމައެކަނި އިންތިހާބެއް ބޯމަތިވީމައި ނޫން ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތްނޫން ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.

ޕާޓީގެ ރަށްރަށުގެ ޖަގަހަތަކާއި އޮފީސް ތަކާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ގޮފިތައް ފިސާރި ރަނގަޅަށް ހިންގާލުމަށް ނިކުމެ ހުރިކަމުގައި ފައްޔާޒް ވިދާޅުވިއެވެ. ޗެއަރޕާސަން ކަމަށް އިންތިހާބުވެއްޖެ ނަމަ ޒުވާނުންގެ ރޯލް ފުޅާކޮށް އަންހެނުންނާއި ޒުވާނުންގެ އަޑު ޕާޓީ ތެރޭގައި އިއްވާނެ ކަމުގައިވެސް ފައްޔާޒް ވިދާޅުވިއެވެ.

ޕާޓީގައި ހިމެނޭ އެކި އެކި ފަންނީ ކޮމިޓީ ތަކުގެ ބޭނުން ފާއިތުވެދިޔަ ތިން އަހަރު ބޭނުން ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ޗެއަރޕާސަން ކަމަށް ޕައްޔާޒް ހޮވިއްޖެ ނަމަ އެކޮމިޓީ ތަކަށް ފަންނީ ލަފާދީ ކޮމިޓީ ތައް ހިންގައި ސަރުކާރުގެ ޕްރޮގްރާމްތައް ރޭވުމުގައި ކުރިއަށް އޮތް ތަނުގައި ކޮމިޓީތަކުގެ ބޭނުން ކުރައްވާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: