ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ޕާޓީ އެއް މިސްރާބަކަށް ދަތުރު ކުރަން އެބަ ޖެހޭ: އަހްމަދު އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ސަރުކާރާއިއެކު އެއް މިސްރާބަކަށް ދަތުރު ކޮށް އެއް އަމާޒަކަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ރޮޒެއިނާ ގެންނައުމަށްޓަކައި ހިންގަމުން ދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ށ، މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު ވިދާޅުވީ  އެމްޑީޕީގެ އޮޑި މިގޮތަށް މަޑު ޖެހުމެއް ނެތި ބާރަށް ގެންދިއުމަށްޓަކައި ބޭނުން ވަނީ ހިތްވަރާއި ފަންވަރު ހުރި ވަރުގަދަ ލީޑާޝިޕެއް ކަމަށެވެ. މިކަން މިގޮތަށް ކުރެވޭނީ ޗެއާޕަސަން ކަމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒު އަދި އަންހެނުންގެ ރޫހަށް ރޮޒެއިނާ އާދަމް އިންތިހާބު ކޮށްގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާޓީ ރުކުރުވާލުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްޓަކައި ކުރަންޖެހޭ ކަމަށް ވިދާޅުވަމުން އަހްމަދު އަބްދުﷲ ފާހަގަ ކުރެއްވީ ވަުގުތު ނެތް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ޕާޓީ އަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ އާމުންނާއި ޕާޓީގެ ފަރާތުން މަޖިލީހުގައި ތިއްބަވާ މެންބަރުން އަދި އެކި އެކި މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ފަސް ޖެހުން ކަމަށެވެ.

އެމްޑީޕީގެ އަގުލަބިއްޔަތު ހުރިހާ ކޮޅަކުން ބެލި ނަމަވެސް ބޮޑު ކަމުން މިއީ ކާމިޔާބީ ހޯދުމަށް އަޒުމް ވަރުގަދަ ވާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައވާފައެވެ. އަމާޒަށް ވާސިލް ވުމަށްޓަކައި ބޭނުންވާ ދުވެލި ބާރުކުރައްވަން ބޭނުންފުޅުވާނަމަ އޭނާ އެދުނީ ރޮޒެއިނާ އަދި މިނިސަޓާ ފައްޔާޒަށަ ވޯއްޓު ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: