ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރުން ކޮށްދިނި ހެޔޮކަންތައްތައް، އޮޅުވާލެވޭ ވަރަށް ވުރެ މާ ސާފު: އަހްމަދު އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްދިނި ހެޔޮކަންތައްތައް އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ދިފާއުގައި އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓުގައި ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭ ވާހަކަދެއްކުމުން، ބައެއް ބޭފުޅުން ވަރަށް ބޮޑަށް ހަގީގަތް އޮޅޫވާލަން މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ހަގީގަތް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް މި ސަރުކާރުން ކޮށްދިން ހެޔޮ ކަންތައްތައް އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކަމަށް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

 

މީގެ ކުރިން ވެސް އަހުމަދު އަބްދުﷲ ވަނީ ޓުވީޓެއް ކުރައްވާ ސިޔާސީ ހަލަބޮލިކަމާއި، ޒާތީ ހަސަދައިގެ ތެރޭގައި ބަދަލު ހިފުމެއް ނެތި ކެތްތެރިކަމާއިއެކު ރައީސް ސާލިހަށް ކުރިއަށް ވަޑައިގެންނެވި ކަމުގައިވީ ނަމަވެސް އެ ކެތްތެރިކަން ހުރި އެހެން ސިޔާސީ ލީޑަރެއް ނުފެންނަކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އަހުމަދު އަބްދުﷲ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ސާލިހުކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: