ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރު ސްޓެލްކޯއިން ހަރަދުވަނީ ތެލަށް: ޝައުނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެއްގެ މައްޗަށް ސްޓެލްކޯގެ ފަރާތުން 400 މިލިއަން ޑޮލަރު ތެލަށް ހަރަދުވާކަމަށް މިނިސްޓާ އޮފް އެންވައިރޮންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022 އިފްތިތާހު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދިނުމުގެ ގާބިލްކަމާއި، ހުނަރާއި، އަދި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލްކަން ސްޓެލްކޯގައި އެބަހުރި ކަމަށެވެ.

ޝައުނާ ވިދާޅުވީ ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ. ދުނިޔޭގެ ހާލަތު މިދިޔަ ހަފްތާއެއްގެ ތެރޭގައި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލާއި އެކީ ތެލުގެ އަގުވެސް އުފުލެމުންދާކަން ޝައުނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމަކީ ސްޓެލްކޯ އިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖެރުންނަށް އަމާޒު ކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުން ފަރާތުން ކުންފުއްޔަށް އަދި ރައްޔިތުންނަށްވެސް ރަނގަޅު ހިދުމަތް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ތެޔޮ އިމްޕޯޓް ކުރުމަށް އަހަރެއްގެ މައްޗަށް މިހާ ބޮޑު އަދަދެއް ހަރަދު ވެގެން ދާއިރު މިކަން ކުޑަ ކުރުމަށްޓަކައި ސްޓެލްކޯއިން ދެން ވާންވީ ރާއްޖެއަށް ރިނިއުވަބަލް އޭނާޖީ ދޭ ކުންފުއްޏަކަށް ކަމުގައި މިނިސްޓާ ޝައުނާ ވަނީ ފާހަގަ ކުރައްވާފައެވެ

އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށާއި، ބޭނުންވާ މިންވަރު ހާސިލްވެވޭނީ އޭރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ “ނެޓް ޒީރޯ” ޓާރގެޓް 2030 ވަނަ އަހަރު ހާސިލު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މި ޓާގެޓު ހާސިލުކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތަކަށް ސަރުކާރުން އިންވެސްޓް ވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔުޓިލިޓީ ސްކޭލްގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކުގެ އެހީތެރިކަމާއި އެކު މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވިއެވެ.

“ނެޓް ޒީރޯ” ޓާގެޓު ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި “ހޯމް ސޯލާރ” ގާއިމްކުރުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބަދަލުވަމުންދާ ދުނިޔޭގެ ހާލަތާއި އެއްކޮށް ތެޔޮގެ އަގުވެސް ދާނީ މައްޗަށް ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓާ ޝައުނާ ވިދާޅުވީ އިތުރަށް ތެލަށް ހަރަދު ކުރަން ޖެހިއްޖެނަމަ އެކަމަށް ހަރަދުވެގެންދާނީ ގައުމުގެ އެހެން ކަމެއް ތަރައްގީ ކުރުމަށް ހުންނަ ފައިސާ ކަމުން ހުރަސް އެޅިގެން ދާނީ ތަރައްގީއަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: