ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްމޫދުގެ ގާތިލް ސާލިމަށް މަރުގެ ހުކުމް!

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އ.ދ ދަނގެތީގައި މަރާލެވުނު އެރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފައިސާތަކެއް ފޭރިގަތުމަށްފަހު ރަހުމުކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަހުމޫދުގެ ބޮލާއި މޫނު ޒަހަމްކޮށް އޭނާ މަރާލުމަށްފަހު ދަނގެތީގެ ފަޅުގެއެއްގައި ހުރި ވަޅަކަށް އެއްލައިލި ކަމުގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ސާލިމް މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ޝައިތޯނާ ވަސްވާސްދީގެން ކުރެވުނު ކަމެއްކަމުގައިވެސް އޭނާ ވަނީ ބުނެ އެކުށަށް އޭނާ މައާފަށްވެސް އެދިފައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރީގެ އަޑުއެހުމުގައި ވަނީ ނިންމާފައެވެ.

މަހްމޫދުގެ މަރުގެ ހުކުމް އިއްވުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މަހްމޫދު މަރާލި ކަމަށް ސާލިމް އިއުތިރާފްވެފައިވާތީ، އިއުތިރާފަކީ އެންމެ ވަރުގަދަ ހެކި ކަމަށްވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވަނީ އޭނާގެ އަމިއްލަ އިއުތިރާފުންކަމުގައެވެ. ގާޒީ އިތުރަށް ވިދާޅުވިގޮތުގައި ހައްގަކާއި ނުލާ މީހުން މެރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއްކަން ފާހަގަކުރައްވައި އިސް ގާޒީ ޝަކީލް ވިދާޅުވީ މަހްމޫދު މަރަން ޖެހޭ ފަދަ އެއްވެސް ސަބަބެއްނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ މަހްމޫދުގެ ހުރިހާ ވާރިސުން އޭނާގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ހިފަންކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ސާލިމް މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

“އިސްލާމީ އުސޫލުތަކާ ހިލާފްނުވާނެ ގޮތެއްގެ މަތިން ޝާހް އަލޮމް މިއާ މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގަން.” ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް

އޭގެފަހުގައި އެ ހުމުން ބަންގްލަދޭޝް ބަހުން ސާލިމަށް ތަރުޖަމާ ކޮށްދިނެވެ.

މަރުގެ އަދަބުގެ އިތުރުން ސާލިމްގެ މައްޗަށް ކުރެވޭ ދެވަނަ ދައުވާ ކަމުގައިވާ މައްޔިތަކު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުރުމުގެ އަދަބެއްގެ ގޮތުން އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ނަަމަވެސް ބަންދުގައި އެއަށްވުރެ ދިގުމުއްދަތެއް ހޭދަކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ.

ހުކުމް އިއްވުމަށް ފަހު ގާޒީ ސާލިމަށް ނަސޭހަތްތެރިވެލައްވަމުން ވިދާޅުވީ މީހުންމެރުމަކީ ދެދުނިޔޭގައިވެސް ބޮޑުވެގެންވާ އަދަބު ލިބޭ ބޮޑު ފާފައެއްކަމުގައެވެ. ވުމާއެކު ލަސްނުކޮށް ތައުބާ ވުމަށް ގާޒީ ނަސޭހަތްތެރިވެލެއްވިއެވެ.

މީގެ އިތުރުން މަރުގެ އަދަބު ކަނޑައެޅުނު ކަމުގައިވީނަމަވެސް، އެހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމުގައިވެސް ގާޒީ ވިދާޅުވިއެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އިސްތިއުނާފުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް ގާނޫނު ލާޒިމް ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: