ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް މެންބަރުން މެއްސަށް ވެގެން ދުވަނީ ”ބިގް ބްރޯއެއްގެ“ ފަހަތުން: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބައެއް މެންބަރުން މެއްސަށް ވެގެން ދުވަނީ ”ހަކުރު ގަނޑު“ ލިބޭތޯ ބިގް ބްރޯގެ ފަހަތުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ގާނޫނުގެ 22/2010 ގެ ދަށުން ހުށައެޅިފައިވާ ކޯޓު ތަކުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ހުރިހާ މެންބަރުންނެއް ވެސް އައިސްފައި ވަނީ އަތޮޅުތަކުގެ ތެރެއިން ކަމުގައި ފާހަގަ ކުރައްވަމުން ބޮންޑެ ވިދާޅުވީ ހަމައެކަނި މާލޭގައި އިސްތިއުނާފު ކުރުމަށް ފަނޑިޔާރުން ބަހައްޓަން ހުށައަޅާފައި އޮތުން މިއީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި އިރު ދެރަވެ ލަދު ގަންނަ ޖެހޭ ކަމެއް ކަމުގައެވެ.

އިސްތިއުނާފު ކުރުމަށް އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ކޮންމެ ފަހަރަކު އައުން މިއީ ނާތަހުޒިބީ ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ބޮންޑެ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މިއީ ލާމަރުކަޒީ އުސޫލު އޮންނަ ގައުމެއްގައި ފެނިގެންވާނެ ކަމެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އެދުނީ ކޮންމެ އަތޮޅެއްގައި އިސްތިއުނާފު ކުރެވޭނޭ ގޮތް ހަމަޖައްސައި ޝަރުއީ ކޯޓެއް އަޅުއްވައި ރާއްޖޭ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށެވެ.

މެމްބަރު އިތުރަށް ފާހަގަ ކުރެއްވީ ދާއިރާއަކަށް އިންތިހާބު ވުމަށް ފަހު ރަށް މަތިން ހަދައިން ހުންނަ މެންބަރުން މަދުކަމެވެ. އަދި ގިނައީ ރަށް ކުރިއެރުވުމުގެ ބަދަލުގައި ”ހަކުރުގަނޑު“ ފަހަތުން ދުވާ މެންބަރުންކަމުގައި އޭނާ ވިދާޅުވިއެވެ.

މިގޮތަށް ޕާޓީ ތަކުން އައިސްފައިވާ މެންބަރުންގެ އަމަލުތައް ބެހެއްޓުމަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރުންނަށް ހުރި ލަދެއް ކަމުގައި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ވެލިއުސް ހިފެހެއްޓުމުގެ ނަމުގައިކޮށްފައިވާ ނޭންގާނީ އަމަލުތަކުގެ ވާހަކަ ދައްކައި ކޮޅުން ނުލާނޭ ކަމުގައި ބުނެ ބައެއް މެންބަރުންނަށް އަމާޒުކޮށް އޭނާ ވަނީ މަލާމާތުގެ ރާގުގައި ވާހަކަ ދައްކަވާފައެވެ.

ބޮންޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ގިނަ ބޭފުޅުންނަށް އާދެވުނީ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި ހުދު އެބޭފުޅުން ވެސް އެމްޑީޕީގެ ގޮނޑި ކާމިޔާބު ކުރަން ވިއްކީ އެމަނިކުފާނުގެ ފޮޓޯކަމަށް ވިދާޅުވި އެވެ.

ބޮންޑޭގެ ވާހަކަތައް ނުސީދާ ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަށް ކުރިއަށް ދާތީ އެކަމަށް މިނިސްޓާރ ފައްޔާޒު ކުރިމަތި ލައްވައި އެކަމުގެ ކެމްޕެއިންގައި ފައްޔާޒާއި އެކު ބައިވެރިވަމުންދާ މެންބަރުންނަށް ކަމުގައިވެސް ބެލެވެއެވެ. ބޮންޑެގެ ވާހަކައަށް ފާޑުވިދާޅުވެ، ނިޒާމީ ނުކުތާއެއް ނަންގަވައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވަނީ އޭނާ އާއި އެ ސުވާލު ކުރިމަތިކޮށް ސާފުކޮށް ވާހަކަ ދެއްކެވުމަށް އެދިފައެވެ. އަދި އެ ވިދާޅުވީ ”ހަކުރު ގަނޑަކީ“ ފައްޔާޒު ތޯ ސުވާލު ކުރެއްވި އެވެ. ނަމަވެސް ބޮންޑެ އެކަމަށް އިންކާރުކޮށް ވިދާޅުވީ، ވާހަކައިގައި ވިދާޅުވީ ވަކި ފައްޔާޒުގެ ވާހަކައެއް ނޫން ކަމަށެވެ.

ޓޮމް ދެއްކެވި ވާހަކައަށް ބޮންޑެ އިންކާރު ކުރި ނަމަވެސް އޭނާ ވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީއަށް އޮތީ ދެ ގޮތްކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ އެއީ ސާފު ކެނޑިޑޭޓެކެވެ. އަދި ދެން ހުންނެވީ ”ހަކުރުގަނޑެއްކަމަށް“ ވިދާޅުވި އެވެ.

”މިހާރު އެ އޮތީ ދެ ގޮތް ފެންނަން. އިމްތިޔާޒް ފަހުމީ އެހެރީ ސާފު ކެންޑިޑޭޓެއް، ދެން އަނެއްކޮޅުން ހަކުރުގަނޑެއް،“ ބޮންޑޭ

އެންޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކުރެވެމުން މިދާ ދަނޑިވަޅުގައި މަޖިލީސް ތެރެއިން އެއް މެންބަރަކު އެނެއް މެންބަރަކަށް އަންނަނީ ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ. ބެލެވޭ ގޮތުގައި އިބްރާހިމް ރަޝީދު ބިގް ބްރޯގެ ނަމުން އޭނާ މުހާތަބު ކޮށްފައި އެވަނީ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްގެ އާއި ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: