ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާބިލުކަން ނެތް ނަމަ ވަޒީފާއިން ވަކި ކުރާނެ، އެކަމާ އެމްޑީޕީ ބައެއް މެމްބަރުން މުޑުދާރު ވާން ނުޖެހޭ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށް މަސައްކަތް ކުރަމުން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް، ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްކޮށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އިންތިހާބާއި ގާތްވެފައި ވަނިކޮށް، ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު މިއަދުގެ މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ވަޒީފާގެ ބިރު ދައްކައިގެން އިންތިހާބެއް ކާމިޔާބު ކުރަން މަސައްކަތްތައް ކުރާނަމަ 2023 ގެ މަތީން ޖެހޭނީ ހަނދާން ނައްތާލަން ކަމަށް ވިދާޅުވެފަ އެވެ.

ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ޗެއާޕާސަނަކަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމުން އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރާ މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނާ މައްސަލަ އެކެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ނިޒާމެއްގައި އޮންނަ މިންވަރަށް ވެސް ގާނޫނު އަސާސީން، ބާރުތައް ލިބިފައި ނުވާ ކަމަށެވެ. އަދި ވެރިކަން ކުރުމަށް ލިބިފައި އޮތް ހަނި ފުރުސަތު ނަގާލުމަށާއި، ސީދާ އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަމަށް އުނދަގޫތައް ކުރަން ކުރާ “މުޑުދާރު” އަމަލު ކުށްވެރި ކުރާ ކަމަށެވެ.

ވަޒީފާގެ މައްސަލައިގައި އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް އެފަދަ އުސޫލުތައް ގެންގުޅޭނަމަ އެމަނިކުފާނު ވެސް މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން ގޮވާލާފަ އެވެ.

މި މައްސަލައިގައި ޝަރީފް ވިދާޅުވީ، ވަޒީފާއެއް ހަވާލު ކުރަނީ ގިނަ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި އެކު ކަމަށާއި އެކަން ރަނގަޅަށް ނުކުރެވޭނަމަ ވަޒީފާއެއްގައި ދެމި ނުހުރެވޭނެ ކަމަށެވެ.

“އަޅުގަނޑުގެ ޕާޓީ މީހަކަށް ވިޔަސް، އަޅުގަނޑުގެ ދަރިއަކަށް ވިޔަސް އެ މީހަކާއި ހަވާލު ކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ނުކުރާނަމަ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދޭނަމަ ވަޒީފާއިން ދުރު ކުރަން ޖެހޭނެ… އެއީ ރައީސުލްޖުމްހޫރިއްޔާ ކުރަން ޖެހޭ ކަމެއް..” ޝަރީފް

ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ މީހަކީ ވަޒީފާއިން ވަކި ކުރަން ޖެހޭ މީހެއްކަމަށް ފެނިއްޖެ ހާލަތެއްގައި އިތުރު ފުރުސަތުތަކެއް ދޭން ނުޖެހޭކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވަޒީފާ އަދާ ކުރަމުން އެ ދާ މީހާއަކީ ޕާޓީއަށް ނިސްބަތްވާ މީހަކަށް ވިޔަސް ނުވަތަ އެތެރޭގެ އިންތިހާބެއް ކުރިޔަށް އޮތަސް ގާބިލުކަމެއް ނެތް ނަމަ ވަޒީފާއިން ޖެހޭނީ ވަކި ކުރަން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންކީ މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަ ކުރައްވާފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި އާމިރު ވަޒީފާއިން ވަކި ކުރި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ވައްޑެ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާއެއްގެ ތެރެއިންނެވެ.

“މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީން އަދާކުރާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް… ބިރުވެރިކަމެއް… ސަރުކާރު ވައްޓާލަން ކުޅޭ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑު މި ސިފަ ކުރަނީ، ކެރި ހުރެ” ޝަރީފް

މަޖިލީހަށް މިއަދު ވައްޑެ ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަޒީފާއިން ވަކި ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލި، ސަރުކާރާއި މެދު ރައްޔިތުން ނަފްރަތު ކުރާނެ ސަބަބަކަށް ވާތީ ވައްޑެގެ މައްސަލައިގައި އެކަން ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: