ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން އިންޖީނުތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރާމްގެ ދަސްވެނިންނަށް ސެޓްފިކެޓް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ފަރާތުން އިންޖީނުތަކުގެ މެނޭޖަރުންނަށް ހާއްސަ ކޮށްގެން ބޭއްވި “ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމެންޓް ޕްރޮގްރާމް 2022” ނިންމާ، ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މި ޕްރޮގްރާމް ނިމިދިޔަ އާދިއްތަ ދުވަހު އިފްތިތާހު ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

ޓްރެއިނިން ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދަސްވެނިންނާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވާފައި ވަނީ ސްޓެކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ ޑރ. އަލީ އަޒުވަރެވެ.

ސްޓެލްކޯއިން ފާހަގަ ކުރެއްވީ މި ޕްރޮގްރާމްގެ ސަބަބުން އެ ކުންފުނީގެ އިންޖީނުތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިދާނެކަމުގައެވެ.

4 ދުވަހުގެ މުއްދަތަކަށް ކުރިއަށް މިގެންދިޔަ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް ކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: