ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންގޭރީގައި ތިބި ދިވެހި ދަރިވަރުންނަށް ހޮނިހިރު ދުވަހު ރާއްޖެ އާދެވޭނެ: މިނިސްޓާރ

ޔުކްރެެއިން އިން ރާއްޖެ އައި ދަރިވަރުންނާއި މިނިސްޓަރ ބައްދަލު ކުރެއްވުން/ ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންގޭރީގައި ބާކީ ތިބި ދިވެހި ދަރިވަރުން މާދަމާގެ ވަގުތެއްގައި ރާއްޖެ އާދެވޭނެ ކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އާއި ޔޫކްރެއިން ދެމެދުގައި ހަނގުރާމަ ފެށި ދެގައުމުގެ މަޝްރަހު ގޯސްވެފައި ވާ މި ދަނޑިވަޅުގައި ޔޫކްރެއިން އާއި ކައިރި ސަރަހައްދުތަކުގައި އަދިވެސް ރާއްޖޭގެ ދަރިވަރުން އެބަ ތިއްބެވެ.

ފުރަތަމަ ހަނގުރާމަ ފަށިދާނެ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދިން އިރު ޔޫކްރެއިންގައި ރާއްޖޭގެ 50 ދަރިވަރެއް ތިއްބެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ހުރިހާ އެންމެން ރާއްޖެ ގެނެސްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަ އިބްރާހީމް ހަސަން ވަނީ ރާއްޖެއަށް ރައްކާތެރިކަމާއި އެކު ގެނެވުނު ދަރިވަރުންނާއި މިއަދު ބައްދަލު ކުރައްވާފައެވެ. އަދި ބާކީ ތިބި ކުދިންނާއި ވެސް ވީހާވެސް އަވަހަކަށް ބައްދަލުވާނެ ކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ހަމަލާތައް ބައްދަލުވަމުންދާ، ގެއްލުމެއް ލިބިދާނެ އެއްވެސް ހިސާބެއްގައި ދިވެހި ދަރިވަރަކު މިހާރު ނެތެވެ.

ފޮރީން މިނިސްޓްރީން ވަނީ މި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. އަދި އެ މިނިސްޓްރީން ދަނީ މިހާރު ވެސް ހަންގޭރީގައި ތިބި ދަރިވަރުންގެ ހާލަތު ގާތު ބައްލަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: