ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ޔޫކްރޭންގައި ތިބީ 9 ދިވެހިން: ފޮރިން މިނިސްޓްރީ

ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނެ ޔޫކްރެއިންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ ފޮޓޯ: ބޮސްޓޮން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައެއް ފެށިފައިވާ ޔުކްރެއިންގައި ރާއްޖެ ނުގެނެވި މިވަގުތު އެގައުމުގައި ތިބީ 09 ދިވެހިންކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިވަގުތު ޔޫކްރޭންގައި ތިބި 9 ދިވެހިންގެ ތެރެއިން ހަރްކީވްގައި 8 ދަރިވަރަކު ތިބި އިރު ނިޕްރޯގައި އެއް ކުއްޖަކު އެބަހުއްޓެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ދިރިއުޅެމުންދިޔަ އާއިލާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ޔޫކްރޭން ރައްޔިތަކާއި އެ ދެމަފިރިންގެ ކުޑަ ދެކުދިންނެވެ. އަދި އެ މީހުން މިހާރު ވަނީ ޔޫކްރޭންގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހަރްކިވް ގައި ތާށިވެފައި ތިބި ދިވެހި ކުދިން ރައްކާތެރި ހިސާބުތަކަށް މިހާރު ގެންގޮސްފައިވާ ކަމަށާއި އެކުދިން ގެނައުމުގެ މަސައްކަތް އިތުރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ ކަމުގައިވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

ހަރްކިވްގައިތިބި ދިވެހި ދަރިވަރުންނަށް ފޯނުން ގުޅުއްވައި އެ ހުރިހާ ކުދިންގެ ހާލު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްލަވާފައިވާ ކަމށާއި އެކުދިންގެ ހާލު ރަނގަޅުކަމުގައިވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ޔޫކްރޭންއާއި ކައިރީގައި ވާ ރަޝިޔާގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބެލަރުސް ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައި އެކަން ބެލަރުސްގައި ތިބި ދަރިވަރުންނަށް އަންގާފައިވާނެ ކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހަމައެހެންމެ ބެލަރުސްގެ ހާލަތު ރަނގަޅުކަމަށާއި އެސަރަހައްދުގެ ހުރިހާ ޔުނިވަރސިޓީގައި ކިޔަވައިދެމުން ދާ ކަމުގައިވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި އެކަން އެކުދިންނަށް އަންގާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރަޝިޔާގައި ތިބި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދެވޭތޯ ރަޝިޔާ އާއި ބެލަރުސްގެ ޔުނިވަރސިޓީ ތަކާއި އެކު މަޝްވަރާކުރަމުން އަންނަ ކަމުުގައިވެސް ފޮރިންމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު ޔޫކްރޭނާއި ރަޝިޔާ ގައި ތިބި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: