ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންއަށް ދިން ހަމަލާއެއްގައި އާންމުންގެ 51 މީހަކު މަރުވުމާއިއެކު ރަޝިއާއަށް ފާޑުކިޔުން!

ހަމަލާ އަމާޒުވި ސަރަހައްދުގެ ފޮޓޯއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން ޔޫކްރެއިންއަށް ދިން ހަމަލާއެއްގައި 51 މީހަކު މަރުވެފައިވުމާއިއެކު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން އެމެރިކާގެ ވައިޓްހައުސްއިންވަނީ ޔޫކްރެއިންގެ ރަށްފުށު ސަރަހައްދެއްގައި ހުރި ކެފޭއަކާއި ފިހާރައަކަށް ދިން ހަމަލާއަކީ އިންތިހާއަށް ބިރުވެރިކަން އާލާކުރާ އަމަލެއްކަމަށް ބުނެފައެވެ. އަދި އިންގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކުވެސް އެ އަމަލަކީ ރަޝިއާއިން ހިންގަފާނެ ނޭދެވޭ އަމަލަުތައް ހުރި މިނގަނޑުތައް ފެނިގެންދާކަމެއް ކަމަށް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން މީޑިއާތަކާއި ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވާގޮތުން، ފެނިގޮސްފައިވަނީ މައުސޫމު ބަޔަކު ކާބޯތަކެތި ހޯދުމުގެ ގޮތުން ވިޔަފާރިކުރުމުގައި އަހުލުވެރިވެ އުޅެނިކޮށް ރަޝިއާއިން ދިން ވައިގެ ހަމަލާއެއްގައި މަރުވެގެންދިޔަ މަންޒަރުކަމަށެވެ. އަދި އެއީ ބިރުވެރި އަމަލެއްކަމަށާއި ޔޫކްރެއިންއަށް އެހީވުމަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށާއި އެއީ ޔޫކްރެއިންގެ މިނިވަންކަމާއި ޑިމޮކްރެސީއަށް ކުރަމުންދާ ހަނގުރާމައެއްކަމަށްވެސް ސިފަކޮށްފައިވެއެވެ. ޔޫކްރެއިން އިން މައުލޫމާތު ދީފައިވާގޮތުން، ރަޝިިއާއިން ދިން މިސައިލް ހަމަލާ އަމާޒުވި ފިހާރައިގައި އެވަގުތު މީހުން އެއްވެ ތިބީ މަރުވެފައިވާ އެ ގައުމުގެ ސިފައިންގެ މީހެއްގެ މައްޗަށް ހިތާމަ ފާޅުކުރުމުގެ ގޮތުންނެވެ.

ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރުވެސް ވަނީ އެ ހާދިސާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފިހާރަތައް ފަދަ ތަންތަނަށް ބޮމުގެ ހަމަލާތައް ދެމުންދާހާ ހިނދަކު އެ ގައުމުންދާނީ ޔޫކްރެއިންއަށް ރަޝިއާގެ ކިބައިން ދިފާއުވުމަށް ދެވުނު ކޮންމެ އެހީއެއްވެސް ދެމުންނެވެ. ޔޫރަޕިއަން ޔުނިއަންގެ ޗީފް ޑިޕްލޮމެޓް ޖޯސެފް ބޮރެލް ވިދާޅުވެފައިވާގޮތުން، ގަސްތުކޮށްގެން އާންމުންނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ތެރެއިން ކުށަކަށް އަރައިގަތުންކަމަށެވެ. އެހެންކަމުން ރަޝިއާގެ ލީޑަރުންނާއި ކޮމާންޑަރުން އަދި ކަމުގައި ޝާމިލުވާ އެންމެންވެސް ޖަވާބުދާރީ ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަޅު ނޭޅި ނުދާނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: