ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ކާޑުގެ މާކެޓަށް ބޮޑެތި ލޮޅުންތައް އައިސްދާނެކަމުގެ އަލާމަތްތަކެއް!

ޔޫކްރެއިންގެ ބަނދަރެއް: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ކުރަމުންދާ ކާޑު އެކްސްޕޯޓުކުރުމުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށް އދގެ އިސް ނެގުމުގެ މަތިން ގާއިމުކޮށްފައިވާ އެއްބަސްވުމުން ރަޝިއާއިން ބޯދަމައިގަނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ރަޝިއާއިންވަނީ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ބަނދަރުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އެއްބަސްވެފައިވާ އެއްބަސްވުމަކުން ބޯދަމައިގަނެފައެވެ. އަދި މިހާރު ޔޫކްރެއިންގެ ދެކުނުގައި ހުންނަ ބަނދަރުތަކަށް ހަމަލާތައް ދީފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ޔޫކްރެއިންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަނޑުލުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި އިސް ރޯލެއް އަދާކުރާ ގައުމެކެވެ.

ޔޫކްރެއިންގެ އޮޑެއްސާގައި ހުންނަ މި ބަނދަރަކީ 100 އަށްވުރެ ގިނަ ގައުމެއްގެ 600 އަށްވުރެ ގިނަ ބަނދަރަކަށް ހަނޑުލުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި މުހިންމު މަސައްކަތްތައް ކުރެވެމުންދާ ބަނދަރެކެވެ. ޔޫކްރެއިންގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން އެ ސަރަހައްދަށް ދިން ހަމަލާތަކުގެ ތެރެއިން 60،000 ޓަނުގެ ބަރުދަނުގެ މުދާ ހަލާކުވެފައިވެއެވެ. ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން އެ ތަކެތި ހަލާކުވެފައިވަނީ ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ސަބަބުންނެވެ.

އދއިންވަނީ ރަޝިއާއިން އެ ބަނދަރަށް ދިން ހަމަލާ އިންތިހާއަށް ކުށްވެރި ކުރާކަމަށް ހާމަކޮށްފައެވެ. އަދި އެ ހަމަލާގެ އަސަރު ކުރަނީ ޔޫކްރެއިންއަށް އެކަނި ނޫންކަމަށްވެސް ބުނެފައިވެއެވެ. އދ އިން ބުނެފައިވާގޮތުން، މިހާރުވެސް ގޮދަނާއި ޒުވާރީގެ ބާވަތްތަކުގެ އަގުތައް އުފުލުންފަދަ މައްސަލަތައް ހުރިއިރު، އެ ހަމަލާގެ ސަބަބުން އެންމެންނަށްވެސް ނޭދެވޭ އަސަރުތައް ކުރާނެއެވެ. ހާއްސަ ގޮތެއްގައި ދުނިޔޭގެ ދެކުނުގެ ސަރަހައްދުތަކުގައި އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބުނެފައިވެއެވެ. އދގެ ފަރާތުން ކާބޯތަކެތި ލިބިގެންދާކަމާއި ދަނޑުގޮވާން ކުރުމަށް ބޭނުންވާ ތަކެތި ބައިނަލްއަގުވާމީ މާކެޓުން ލިބިގެންދާކަން ކަށަވަރު ކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ޔޫކްރެއިންގެ ރައީސްވެސްވަަނީ ރަޝިއާއަަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރަޝިއާއިން އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް މިސައިލު ބޭނުުންކޮށްގެން ހަމަލާދެމުންދާކަމަށް ބުނެފައިވެއެވެ. އޭނާ ވަނީ ރަޝިއާއަކީ ޓެރަރިސްޓުންކަމަށް ބުނެފައެވެ. އަދި ހަތަރު ދުވަސް ތެރޭގައި އެކި ބާވަތުގެ 70 ވަރަކަށް މިސައިލު ބޭނުންކޮށްގެން ހަމަލާތައް ދިފައިވާކަމަށާއި، އެހެނިހެން ބާވަތްތަކުގެ ބަރު ހަތިޔާރު ބޭނުންކޮށްގެންވެސް ހަމަލާ ދީފައިވާކަމަށް ބުނެފައިވެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ ބަނދަރަކަށް ދިން ހަމަލާގައި ދެ މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ ކާބޯތަކެތީގެ އެކްސްޕޯޓުގެ އެންމެ ބޮޑު އެއް މަސައްކަތްތަކަށް ހުރަސްއެޅި ބައިނަލްއަގުވާމީ މާކެޓުގެ އަގުތައް އަރައިގެންދާނެކަމަށް ލަފާކުރެއެވެ. ބާކީ ހުރި ކާޑު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށްވެސް ޔޫކްރެއިންއިންދަނީ މަޝްވަރާތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: