ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ އާއި ދެކޮޅަށް މަސައްކަތްކުރި އަސްކަރީ ޖަމާއަތް “ވެގްނާރ ގުރޫޕު” ބެލަރުސްއަށް ގޮސްފި!

ވެގްނާރ ގުރޫޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ރަޝިއާއަށް ވާގިވެރިވުމަށްފަހު އެ ގައުމާއި ދެކޮޅަށް މަސައްކަތްކުރި އަސްކަރީ ޖަމާއަތްކަމަށްވާ ވެގްނާރ ގުރޫޕު ބެލަރުސްއާއި ހިސާބަށް ވާސިލުވެފައިވާކަން ޔޫކްރެއިންއިން ކަށަވަރުކޮށްދީފިއެވެ.

ރަޝިއާއަށް ވާގިވެރިވުމަށްފަހު، އެ ގައުމާއި ދެކޮޅަށް މަސައްކަތްކުރި ވެގްނާރ ގުރޫޕުންވަނީ ޕުޓިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ގައުމަށް އަރައި ބައެއް ސަރަހައްދުތައް އެ ގުރޫޕުގެ ބާރުގެ ދަށަށްވެސް ގެންގޮސްފައެވެ. އެހެންނަމަވެސް ބެލަރުސްގެ ރައީސް އެލެކްސެންޑާރ ލޫކަޝެންކޯ އާއި ކުރެވުނު މަޝްވަރާއެއްގެ މަތިން އެ ގުރޫޕުވަނީ ރަޝިއާ ދޫކޮށް ބެލެރުސްއަށް މިސްރާބު ޖަހާފައިކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޔޫކުރެއިންގެ ބޯޑަރ ގާޑުން ބުނެފައިވާގޮތުން، ވެގްނާރގެ ސިފައިން ބެލަރުސްއަށް އައިކަަމަކީ ކަށަވަރު ކަމެކެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ އެ ޖަމާއަތުގައި ހިމެނޭ ސިފައިންގެ އަދަދުތައް ކަށަވަރު ކުރުމަށްކަމަށްވެސް ބުނެފައިވެއެވެ. ޔޫކްރެއިންއިން އެ ގުރޫޕުގެ ހަރަކާތްތައް ގާތުން ބަލަމުންދަނީ އެ ގައުމާއި ބެލަރުސް ދެމެދުވެސް ބޯޑަރެއް އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން އެ ގުރޫޕުގެ މަގުސަދު ދެނެގަތުމަށް މަސައްކަތްތައް ކުރަމުންދާކަން ބޯޑަރ ގާޑުންވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. ކަށަވަރު ނުކުރެވޭ ބައެއް ރިޕޯޓުތަކުގައިވާގޮތުން، ބެލަރުސްއަށް ގޮސްފައިވާ ވެގްނާރ ގުރޫޕު ވާސިލުވީ 60 އަސްކަރީ އުޅަނދެއްގައެވެ.

ޖެހިގެންދިޔަ މައްސަލަތަކެއްގެ ސަބަބުން ވެގްނާރއިން ރަޝިއާ އާއި ދެކޮޅަށް މަސައްކަތްތަކެއް ކޯށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައިއެވެ. އެ ހަމަނުޖެހުންތައް 24 ގަޑިއިރާއި ގާތަށް ދިގުދެމިގެންދިޔައިރު، އެލެކްޝެންޑާރ ލޫކަޝެންކޯ އަދި ވެގްނާރގެ އިސް ލީޑަރު ޕްރިގޯޒިން ދެމެދު ގާސިމު ކުރެވުނު އެެއްބަސްވުމަކާއިއެކު، އެ ޖަމާއަތުންވަނީ ޕުޓިން އާއި ދެކޮޅަށް ފެށި މަސައްކަތްތައް ނިމުމަކަށް ގެނެސްފައެވެ.

ރަޝިއާގެ ބެލުމުގެ ދަށުގައި އޮންނަ ބެލަރުސް އާއިއެކު ގާއިމު ކުރެވުނު އެއްބަސްވުމުގެ ދަށުން، ވެގްނާރގެ ސިފައިންނަށް ރަޝިއާގެ އަސްކަރިއްޔާއާއި ގުޅުމުގެ ފުރުސަތު ފަހިވެފައިވެއެވެ. އަދި ބެލަރުސްއަށް ގޮސް ވަޒަންވެރިވުމުގެ ފުރުސަތުތައްވެސް އޮތްކަމަށް ބުނެފައިވެއެވެ. ވެގްނާރގެ ވެރިޔާ ޔިވްގެނީ ޕްރިގޯޒިންއަށްވެސް އެ ގައުމަށް ގޮސް ވަޒަންވެރިވުމަށް ފުރުސަތު ލިބިގެންދިޔައިރު، އޭނާ މިހާރު ހުރީ ކޮންތާކުގައިކަން ކަށަވަރު ނުކުރެވޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވެގްނާރއަކީ ކުށުގެ ރެކޯޑުތައް ހުރި އަދި ޖަލުގައި ހުކުމްތައް ތަންފީޒުކުރަމުންދިޔަ ގައިދީންތަކެއް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޕްރައިވެޓު އަސްކަރީ ޖަމާއަތެކެވެ. މި ޖަމާއަތުންވަނީ ރަޝިއާ އަދި ޔޫކްރެއިން ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ރަޝިއާ އަށް ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްދީފައެވެ.

ޔޫކްރެއިންގެ ބޯޑާރ ގާޑުގެ ފަރާތުން މައުލޫމާތު ހިއްސާކުރެއްވި އޮފިޝަލަކު ބުެނފައިވާގޮތުން، އެ މުއައްސަސާއިންވަނީ ވެގްނާރ ގުރޫޕުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ދީފައިނުވެއެވެ. ބެލަރުސްގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވާގޮތުން، ވެގްނާރގެ ސިފައިން މިހާރު މަސައްކަތްކުރަމުންދަނީ އެ ގައުމުގެ އަސްކަރިއްޔާއަށް އުކުޅުތައް ދަސްކޮށްދޭ މީހުންގެ ގޮތުގައެވެ.

އެހެންނަމަވެސް ރަޝިއާގެ ރައީސް ޕުޓިންވަނީ އެ ގުރޫޕުގެ ލީޑަރު އެ ޖަމާއަތް ރަޝިއާގެ އަސްކަރިއްޔާއާއި ގުޅުމާއި ދެކޮޅަށް ހުރިކަން ހާމަކުރައްވާފައެވެ. އެހެންމަމަވެސް އަ ޖަމާއަތުގެ އިސް އެހެން ވެރިން ރަޝިއާ އާއި ގުޅުމަށް ޝައުގުވެރިކަމަށްވެސް ޕުޓިންވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވެެފައިވާގޮތުން، ރަޝިއާގެ ގާނޫނީ އިމުގެ ތެރޭގައި ވެގްނާރ ފަދަ ޖަމާއަތެއް އުފެދިފައި އޮތުމަށް ޖާގައެއް ނުދެއެވެ. އެހެންކަމުން ރަސްމީ ގޮތުން އެ ޖަމާއަތް ބަލައި ނުގަނެވޭކަމަށާއި، އެއީ މަޖިލީސް މެދުވެރިކޮށް ހައްލު ކުރަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: