ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރުގެ ސިޓީ ނަކަލުކޮށްގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޔޫކްރެއިންގެ މަޖިލިސް މެމްބަރަކަށް ތިން އަހަރުގެ ޖަލު ހުކުމެއް

ޔޫކްރެއިންގެ މަޖިލިސް މެމްބަރު ޔޫރީ އަރިސްޓޮވް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ ޔޫކްރެއިން ހިނގަމުންދާއިރު، ބަލިވިކަމުގެ ސެޓިފިކެޓެއް ނަކަލުކޮށްގެން ރާއްޖެ އައިސް ޗުއްޓީއެއް ހޭދަކުރިކަމުގެ ތުހުމަތުގައި ޔޫކްރެއިންގެ މަޖިލިސް މެމްބަރަކަށް ތިން އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ތުހުމަތުކުރެވޭ މެމްބަރު ކަމަށްވާ ޔޫރީ އަރިސްޓޮވް މިހާރުވަނީ މަގާމުން އިސްތިއުފާދީފައެވެ. އެހެންނަމަވެސް އޭނާ އަށް ތިން އަހަރުގެ ޖަލުހުމެއް އައުމުގެ ފުރުސަތު އޮތްކަމަށާއި، އެ ހާލަތު މެދުވެރިވެފައިވަނީ ގައުމުން ބޭރަށް ފުރައިގެން ދިއުން މަނާކުރެވިފައިވާ ދުވަސްވަރެއްގައި ބަލިވިކަމުގެ ލިޔެކިއުމެއް ނަކަލުކޮށް ހުށައަޅައި އާއިލާ ގޮވައިގެން ރާއްޖޭގެ ލަގްޒަރީ ހޮޓަލެއްގައި ޗުއްޓީ ހޭދަކުރުމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޔޫރީ ޔޫކްރެއިންއިން ބޭރުވީ ރަސްމީ ދަތުރެއްގައި ޕޮލެންޑަށް ދިއުމަށެވެ. އެހެންނަމަވެސް އެއަށްފަހު އޭނާވަނީ ލިއެކިއުމެ ނަކަލުކޮށްގެން ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްކަމަށްވާ “ވޮލްޑޯފް އެސްޓޯރިއާ ހޮޓެލް” ގައި ޗުއްޓީ ހޭދަކޮށްފައިކަމަށް ބުނެފައިވެއެވެ. މައްސަލަ ކުރިމަތިވެފައިވަނީ އެ ގައުމުގައި ހަނގުރާމެއް ހިނގަމުންދިއުމުގެ ސަބަބުން، އިސް އޮފިޝަލުންނަށް ގައުމު ދޫކޮށް ދިއުން މަނާކުރެވިފައިވުމުންނެވެ. އުމުރުން 18 އާއި 60 އާއި ދެމެދުގެ ފިރިހެނުންނަށްވެސް ފުރެނީ ހާއްސަ ހުއްދައެއް ނެގުމަށްފަހުކަމަށް ބުނެފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ވަނީ މި މައްސަލައާއި ގުޅިގެން ނުރުހުން ފާޅުކޮށްފައިކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ހަނގުރާމައަކީ ބައެއް މީހުންނަށް ޖަޒީރާ ރަށްތަކާއިި ރިސޯޓުތަކާއި ގުޅުން ހުރި ކަމެއްކަމަށާއި އަނެއް ބަޔަކަށް އެއީ ޖީބުތައް ފުރުމަށް ލިބޭ ފުރުސަތެއްކަމަށްވާއިރު ހަނގުރާމައިގެ ނާޖައިޒް ފައިދާ ނަގައި ރިޝްވަތު ދިނުމާއި ލިބިގަތުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރެއިންގެ މަސްލަހަތަށް މަސައްކަތްކުރުމުގެ ބަދަލުގައި އެއްވެސް ޒާތެއްގެ ހިޔާނާތްތެރި އަމަލެއް ނުވަތަ “ބީޗެއް” ނުވަތަ އަމިއްލަ ފައިދާއަށް ކުރާ މަސައްކަތްތަަކީ ނަފްރަތު އަމާޒުވާނެކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: