ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހަނގުރާމައަށް ފޮނުވި ސިފައިންގެ އަދަދު 2.2 މިލިއަނަށް!

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިނާއި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ ސިފައިންގެ އަދަދަށް 170،000 މީހުން އިތުރުކުރުމަށް ރަޝިއާގެ ވްލެޑިމިއަރ ޕޫޓިން އަމުރުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ޕުޓިންގެ މި އަމުރަކީ ދާދި ފަހުން ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު ޑްރޯން ހަމަލާތަކަކަށް ފަހު ރަޝިއާއިން ހަނގުރާމައިގެ މައިދާނުގައި ކުރިއަށް ޖެހުމަށް އަޅާފައިވާ ފުރަތަމަ ފިޔަވަޅެވެ.

ޕުޓިން ނެރުނު އަމުރާއި ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާއިން ވަގުތުން ހަރަކާތްތެރިވިކަމަށާއި އެހެންކަމުން މިހާރު ހަނގުރާމައިގައި ބައިވެރިވާ ރަޝިއާގެ ސިފައިންގެ އަދަދުތައް 2.2 މިލިއަނަށް އަރާކަމަށްވެސް ބުނެފައިވެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވަނީ ނޭޓޯ އިން ބާރުވެރިވުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކާއި ގުޅިގެންނެވެ.

ރަޝިއާ ރައީސްކަންވެސް ކޮށްފައިވާ އެ ގައުމުގެ ސެކިއުރިޓީ ކައުންސިލުގެ ޗެއަރމަން ބުނެފައިވާގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި 452،000 މީހުން އަސްކަރިއްޔާއާއި ގުޅިފައިވެއެވެ. އަދި ނޭޓޯއާއި ގުޅިފައިވާ އަސްކަރީ ބާރުތައް ރަޝިއާގެ ބޯޑަރު ސަރަހައްދަށް ޖަމާވަމުންދާކަމަށާއި، އިތުރު ވަސީލަތަކާއި ހަތިޔާރުތައްވެސް އެ ސަރަހައްދަށް ޖަމާކުރަމުންދާކަމަށް ބުނެފައިވެއެވެ.  އޭނާ ބުނެފައިވާގޮތުން ނޭޓޯއިންދަނީ އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން އިތުރުކުރަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: