ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅު ހަމަނުޖެހުން: ބިދޭސީންނަށް އައި ހުކުމުގެ މުއްދަތު ބަންދުގައި، އެންމެން މިނިވަންވެއްޖެ

ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތް ކުރުވައި ވަޒީފާގެ އުޖޫރަ ނުދޭކަމަށް ބުނެ، ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އެ ރަށުގައި ތިބި ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލި އެންމެން މިނިވަންވެއްޖެ އެވެ.

ބޮޑު ފިނޮޅު ހަމަނުޖެހުމުގެ މައްސަލައިގައި ދައުވާ އުފުލީ 11 ބިދޭސީއަކަށެވެ. އެމީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް އުފުލާފައި ވަނީ މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާ އެވެ. މި ދައުުވާ ސާބިތުވެ އައީ އެއް އަހަރާއި ތިން މަހާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ.

އަނިޔާ ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެއް ބިދޭސީގެ މައްޗަށް އައީ އެއް އަހަރާއި ބާރަ ދުވަހުގެ ހުކުމެކެވެ. އަދި 11 މީހުންގެ މައްޗަށް އުފުލި ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މައްޗަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ އައީ އެއް އަހަރާއި، ހަތް މަހާއި ހައުވީސް ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގައި އެއް މަހާއި 24 ދުވަހުގެ ހުކުމެއް ވެސް އިއްވި އެވެ.

ބިދޭސީން ކުށަށް އިއުތިރާފުވެފައި ވާތީ އެ މީހުންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އަވަސް ނިޔާގެ ދަށުންނެވެ.

ބިދޭސީންގެ މައްޗަށް ކުށް ސާބިތުވީ ނަމަވެސް އެ މީހުން ފާއިތުވި އަހަރަށް ވުރެ ގިނަ ދުވަހު ތިބީ ބަންދުގަ އެވެ. އެހެންވެ ބަންދުގައި ހޭދަ ކުރި މުއްދަތު ހުކުމުން އުނި ކުރުމުން ޖަލުގައި އިތުރަށް ހޭދަ ކުރަން ޖެހޭ ދުވަހެއް ނެތެވެ. އަދި އެ އެންމެން ވަނީ މިނިވަންވެފަ އެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލައިގައި ބިދޭސީން ބުނީ އެ މީހުން ރާއްޖެ ގެނެސް ބޮޑު ފިނޮޅުގައި ގެންގުޅުނީ އިންސާނުން ބައިތިއްބަން ވެސް އެކަށީގެން ނުވަތަނެއްގައި ކަމަށާއި މުސާރަ ނުދީ އެތައް މަހެއް ވަންދެން މަސައްކަތް ކުރުވި ކަމަށެވެ. އަދި ކެއުމުގައި ވެސް ދަތިތަކެއް ހުރިކަން ބިދޭސީން ވަނީ ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި އެ ރަށުގައި މަސައްކަތް ކުރާ ރިޒް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައި، އެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ. ނަމަވެސް މައްސަލައިގައި މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 28%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: