ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެކްޓީރިއާ ހުރި ފެނުގެ ބެޗެއް މާކެޓަށް ނެރެވިފައި ނުވާނެ: އެމްޑަބްލިއުއެސްސީ

އެމްޑްބްލިއުއެސްސީން ފެން އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީން އުފައްދައި މާކެޓަށް ނެރުނު ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ފެނުގެ ބެޗެއްގައި ބެކްޓީރިއާއެއް ހުރިކަން ފާހަގަ ކުރެވިގެން، ކުންފުނީގެ ތާނގީތައް ބެލުމުގެ ތެރޭގައި މަރުވެފައި އޮތް ކާޅެއް ފެނިފައިވާކަމަށް ބުނެ މީޑިއާތަކުގައި ހަބަރުތައް ދަނީ ފެތުރެމުންނެވެ.

މި ހަބަރުތަކަކީ ތެދެއްތޯ ސުވާލު ކުރުމުން އެމްޑަބްލިއުއެސްސީން ބުނީ ”ތާޒާ“ ގެ ކޮންމެ ބެޗެއް އުފެއްދުމަށް ފަހު 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ކުންފުނިން ބަހައްޓާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމެވެ.

މާކެޓަށް ފެން ނެރޭއިރު އޭގައި އެއްވެސް ގޯހެއް ހިމެނޭތޯ ބަލާކަމަށާއި، މިކަމުގައި ބައިނަލްއަގުވާމީ ގޮތުން ބަލަންޖެހޭ މިންގަނޑުތަކަަށް ފެންވަރު ވަޒަން ކުރާކަމަށް ވެސް ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެމްޑަބްލިއުއެސްސީގެ ސީއީއޯ ހަސަން ޝާހު ބައެއް މީޑިއާތަކަށް ވިދާޅުވީ މިދިޔަ ހަފްތާގައި ފެނުން ޝައްކުވާ ކަންތަކެއް ފާހަގަކުރެވުނު ކަމަށާއި ނަމަވެސް އެ ބާޒާރަށް ނެރެފައި ނުވާނެ ކަމަށެވެ.

ނަޖިހުގެ ނުވަތަ ބެކްޓީރިއާއެއްގެ އެއްވެސް އަސަރެއް ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: