ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ހިންގަން އެމްޑީޕީ މެންބަރުން ބޭނުންވެފައި ތިބި މިންވަރު އެނގިއްޖެ: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕަންސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ހިންގާ ކެންޕޭނަށް އެމަގާމަށް ކުރިމަތިލައިފައިވާ ފައްޔާޒު އިސްމާއީލް އައްޑުއަށް ކުރެއްވި ދަތުރު ނިންމަވާ ލެއްވުމަށްފަހު އައްޑޫގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ފައްޔާޒު އައްޑޫ ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫއަށް ކުރެއްވި ކެންޕޭން ދަތުރުގައި އެމްޑީޕީގެ ލޮބުވެތު މެންބަރުން ބޭއްވި ގާތްކަމަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ”އައްޑޫ ސިޓީއަށް މިކެޑެ ކެމްޕޭން ދަތެރެ އެމްޑީޕީގެ ލޮބުވެތި މެމްބަރުން ބޭއްވި ގާއްކަމައް ހިތުގެ ފުންމިނުން ޝުކުރު އަދާކެރަން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

މިދަތުރު ފާހަގަވެގެން ދިޔައީ އައްޑޫ ސިޓޫގައި ތިބި އެމްޑީޕީގެ މެންބަރުން ”ޕާޓީ ހިންގަން“ ބޭނުންވެފައިވާ މިންވަރު ކަމަށެވެ. މެންބަރުން ބޭނުންވާ ގޮތަށް އެކަން ހަގީގަތަކަށް ހައްދަވައި ދެއްވާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”މިދަތެރެން ފާހަގަވީ އައްޑޫ އެމްޑީޕީ މެމްބަރުން ޕާޓީ ހިނގުވާއް ބޭނުންވެފެއި ތިބި މިންވަރަ. އިރާއްދަކުރެއްވިފެހޭ އެކަން ހަގީގަތަކައް ހަދައިދޭށުން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރު ދާއިރާގެ މަޖިލީސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. މި ދެބޭފުޅުންނަށް ވެސް ވަނީ އައްޑުއަށް ވަޑައިގެން ކެމްޕޭން ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: