ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ބާރުވެރި ކުރުމަށް ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުން: އެމްޑަބްލިޔުއެސްސީ

ދިވެހިރާއްޖޭގެ ފެންކުންފުނި އެމްޑަބްލިޔުއެސްސީހެ މައި އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުން ބާރުވެރި ކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން އަންހެނުން ބާރުވެރިކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެމުން ކުންފުނިން ބުނީ ޖެންޑަރ މެއިންސްޓްރީމް ކުރުމުގައި ގޮންޖެހުން ތަކެއް ހުރި ކަމަށެވެ.

ކުންފުނިން ހާމަކުރި ގޮތުގައި، ތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ނައްތާލުމަށް ރޭވިގެން ކުރިއަށްގެންދާ ހަރަކާތް ތަކުގެ ތެރެއިން ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންނަށް އޮންނަ ފުރުސަތުތަށް ކުޑަވެފައި ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މަދުކަން ފާހަގަވެ އެވެ.

އަދި މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި ދެޖިންސުގެ މުވައްޒަފުންނަށް އެކަށޭނެ ގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަން ކުރެވިފައި ނެތްކަންވެސް ފާހަގަ ކުރެވިފައިވެ އެވެ.

ހަމަ އެއާއެކު މެނޭޖްމެންޓްގެ ދައުރު ފުޅާކޮށް މެނޭޖްމެންޓްގެ ދައުރުއަދާކުރާ ކުންފުނީގެ އަސާސީ ގަވާއިދުތަކާއި އުސޫލްތަކަށް ކަނޑައަޅާ މުހިއްމު ކޮމިޓީތަކުގައި އަންހެނުން ހިމެނިފައި ނެތުމަކީ ދެޖިންސުގެ ހަމަހަމަ ކަމުގެ ދައުރު އަދާކުރުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމެއް ކަމުގައި އެކުންފުނިންދެކޭ ކަމުގައިވެސް ހާމަކޮށްފައިވެެއެވެ.

ކުންފުނީގެ ފަރާތުން އަންހެނުންގެ ދައުރު ފުޅާކުރުމަށް  ކުރިއަށް އޮތް ފަސް އަހަރުދުވަހަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ ކޮމިޓީތަކާއި ޓީމުތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމުގެގޮތުން ކޮންމެ ކޮމިޓީ އެއްގައި މަދުވެގެން އަންހެން އެއް މުވައްޒަފަކު ހިމެނުމާއި ފަސް އަހަރުދުވަހުގެ ތެރޭގައި 33 އިންސައްތައަށްވުރެ ކުޑަނުވާނެހެން އަންހެނުންގެ އަދަދު ދެމެހެއްޓުން ހިމެނެއެވެ.

ސީނިއަރ މެނޭޖްމެންޓް ޓީމާއި ސުޕަވައިޒަރީ ލެވެލްގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އަންހެނުންނަށް ހައްގު ފުރުސަތުތައްް ހޯދައިދިނުމުގެ ގޮތުންނާއި އަންހެން މުވައްޒަފުން އިތުރު ކުރުމަށް “ވުމަން އިން މޫވްމަންޓް” ގެ ނަމުގައި ފަސް އަހަރުދުވަހަށް ބަހާލައިގެން ތަމްރީން ޕްރޮގްރާމް ހިންގުން ހިމެނޭ ކަމުގައި އެމްޑަބްލިއުއެސްސީ އިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މެނޭޖްމެންޓް ލެވެލްގައި މަސައްކަތް ކުރެވޭނެ ކަމަށް ފާހަގަ ކުރެވޭ އަންހެނުން މުވައްޒަފުންނަށް ބޭނުންވާ ހުނަރުއިތުރުކުރުމަށް ހާއްސަ ޓްރޭނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައިވެސް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތުގައި ފިރިހެނުންގެ ދައުރު ދެނެގަތުމުގެ ގޮތުން ފިރިހެނުންގެ ދައުރު އަންގައިދޭ ބައްދަލުވުންތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށާއި ކުންފުނީގެ އެކި އެކި ޓެކްނިކަލް ފީލްޑްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ގޮތުން އަންހެނުންނަށް ހާއްސަ ކުރެވިގެން ޓެކްނިކަލް ހުނަރާއި ތަޖުރިބާ ދަސްކޮށްދިނުމަށް  އެޕްރެންޓިސް ޕްރޮގްރާމް ތަކެއް ފެއްޓުމާއި ޕްރޮގްރާމްގައި  މަސައްކަތް ކުރާ ފެންވަރު ރަނގަޅު ކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުން ހިމެނޭކަމަށްވެސް އެމްޑަބްލިއުއެސްސީގެ ފަރާތުން ހާމަކޮށްފައިވެއެވެ.

ކުންފުނީގެ ފަރާތުން ކުންފުންޏަށް އަލަށް ވަންނަ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން މަސައްކަތް ދަސްކުރުމަށް ކުންފުނީގައި ދުވަސްވީ މުވައްޒަފަކާއި އަލަށް ވަންނަ މުވައްޒަފު ޕާޓްނާރ ކުރުމަށް ހިންގޭ ވޯކް ޕްލޭސް މެންޓަރިންގ ޕާޓްނާރސް ޕްރޮގްރާމް ހިންގުމާއި ކުންފުނީގައި ގިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށްޓަކައި ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކި ފާހާނާ ބޭނުން ކުރެވޭނެ ގޮތްހެދުން ހިމެނެއެވެ.

ކުންފުނީގެ ފަރާތުން އެކުލަވާލެވުނު ފަސްއަހަރުދުވަހުގެ ޕްލޭންގެ ސަބަބުން ދެޖިންސުގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރެވި ކުންފުނި ހިންގުމުގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމުގައި ދެކޭ  ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: