ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ކެމްޕޭން މިފަހަރު ތިލަދުންމައްޗަށް!

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭންގައި ބޮޑުތިލަދުންމައްޗަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެފައި ވަނިކޮށް، ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ބޮޑު އަޣުލަބިއްޔަތަކުން ވޯޓުލުން ފަސް ކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެއީ އޭޕްރިލް 16 އާއި ދިމާވަނީ ރޯދަ މަހާއިކަމަށް ބުނެ އިންތިހާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހުށަހެޅި މައްސަލައި ގައެވެ. ޖަލްސާގައި ބައިވެރިވި 115 މެމްބަރުންގެ ވޯޓާއި އެކު އިންތިހާބު ފަސް ކުރުމަށް ފާސްކުރިއިރު، އިންތިހާބު ފަސް ކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ 15 މެމްބަރުންނެވެ.

ކެމްޕެއިންގެ ދަތުރުތައް ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ، އިންތި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ތިންދުވަހަށް ކުރާ މި ދަތުރުގައި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ދަތުރުކޮށް އެމްޑީޕީގެ އާންމު މެމްބަރުންގެ ގާތަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހިންގަވާނެ ކަމުގައި ވިދާޅުވި އެވެ.

ޗެއަޕާސަންގެ އިންތިހާބު ބޭއްވުމަށް ކުރިން ކަނޑައެޅި ތާރީހު މެއި މަހުގެ 14 ވަނަ ދުވަހަށެވެ. އިންތިހާބުގެ ތާރީހް ކަނޑައެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ރޭގައި އެޕާޓީގެ ފަރާތުން އިމާދުއްދީން ސްކޫލްގައި ވަނީ ބާއްވާފައެވެ.

އިންތިހާބުގެ ތާރީހު ބަދަލުކުރުމަށް ހުށައަޅާފައިވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ރަމަޝާން މަހާއި ދިމާވާތީއެވެ.

އިންތިހާބު ފަސްކުރުމަށް ފާސްވެފައިވަނީ ގައުމީ މަޖިލީހުގެ 100 މެމްބަރުންގެ އިއްތިފާގުންނެވެ. ގައުމީ މަޖިލީހުގެ ޖަލްސާ އަށް ޖުމްލަ 115 މެމްބަރުން ހާޒިރު ވެފައިވެއެވެ.

އެ ޖަލްސާގައި އިންތި ވަނީ ޗެއަރޕާސަން އިންތިހާބު އަވަސްކުރުމަށް ގޮވާލާފައެވެ. ނަމަވެސް ވާދަވެރި ކެންޑިޑޭޓް  އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެދިލެއްވީ އިންތިހާބު ރޯދައިގެ ފަހުން މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.  އެކަމާއި ގުޅޭގޮތުން ރޭގެ ޖަލްސާގައި ބަހުސް ކުރެވިފައިވެއެވެ. ބަހުސްގެ މަރުހަލާގައި ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލާއި ޝުއޫރުފާޅުކޮށްފައިވެއެވެ. އެގޮތުން އިންތިއަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި ދާއިރާ ރައީސުންވަނީ އިންތިހާބު ލަސްކުރުމަށް ދެކޮޅު ހަދާފައެވެ. ސަބަބަކީ އިންތިހާބު ލަސްކުރަމުން ދާނަމަ އިންތިހާބުގެ ސައްހަކަން ގެއްލި އިންތިހާބު ގަޑުބަޑު ކުރުމަށް ފުރުސަތު ފަހިވެގެން ދާނެތީއެވެ. މީގެ އިތުރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ބޮޑުވެގެންދާނެތީ ކަމުގައި އިންތިގެ ޓީމުން ޖަލްސާގައި ފާހަގަކޮށްފައިވެ އެވެ.

މިއާ ހިލާފަށް ފައްޔާޒްގެ ޓީމުން އެދެމުން ދިޔައީ އިންތިހާބު ލަސްކުުރުމަށެވެ. އެޓީމުން ވާހަކަ ދެއްކެވި މެމްބަރުންގެ ވާހަކައިގައި އިންތިހާބަށް ކެމްޕޭން ކުރުމަށް 60 ދުވަސް ދޭންޖެހޭ ކަމުގައި އަސާސީ ގަވާއިދު ގައި ވާތީ ކެމްޕޭން ކުރުމަށް ވަގުތު ދިނުމުގެ ގޮތުންނާއި ރަމަޝާން މަހު އިންތިހާބެއް ބޭއްވުމަކީ އާންމު މެމްބަރުންނަށް ދަތިކަމަކަށް ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އިންތިހާބު ފަސްކުރުމަށް ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: