ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ އަގުތަކާއި މެދު ގޮތެއް ނިންމާނީ މަޝްވަރާއަށް ފަހު: ޝިމާޒް

އިހްތިޖާޖުކުރުމަށްޓަކައި ބައެއް ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރުން ހުށައަޅާފައިވާ މައްސަލަތަކަށް ގޮތެއް ނިންމާނީ ޓްރާންސްޕޯޓު މިނިސްޓްރީން ކަމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރ ޝިމާޒް އަލީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިން އާއި ރަޝިޔާ އާއި ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. ބަދަލުވެގެން ދާ ދުނިޔޭގެ މަޝްރަހުގެ ސަބަބުން ތެލުގެ އަގު ހުއްޓުމެއް ނެތި ބޮޑުވަމުން އަންނައިރު ތެލުގެ އަގު ކޮންޓްރޯލް ކުރުމަށާއި ތެޔޮ ސަޕްލައި ކުރުން އިތުރު ކުރަން ގިނަ ގައުމުތަކުން އަންނަނީ އޯޕެކަށް ގޮވާލަމުންނެވެ. މި އަސަރު އެންމެ ބޮޑަށް ފޯރަމުން ދަނީ ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ގައުމުތަކަށްކަން ފާހަގަ ކުރެވެ އެވެ.

މިގޮތުން އެސްޓީއޯ އިން ފޯރުކޮށްދޭ ތެލުގެ އަދަދު މިވަނީ އުފުލިފައެވެ. މި ބަދަލުތަކާއި ގުޅިގެން މިހާރު އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14:60ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކަނީ 14:80ރ. އަށްކަން ފާހަގަ ކޮށްލެވެއެވެ.

ތެލުގެ އަގު މިގޮތަށް އުފުލިގެން ދިޔުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ޓެކްސީ ކުރަމުން ގެންދާ އަގުތަކަށް ގެންނަ ބޭނުންވާ ބަދަލު ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކޮޅު ހެދުމުގެ ސަބަބުން ޑްރައިވަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އިހްތިޖާޖުކުރަން ފަށައިފައެވެ.

މިކަމާއި ގުޅިގެން ޓްރާސްޕޯޓު މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރިމަސައްކަތުން މިނިސްޓްރީގެ ނައިބު ވިދާޅުވީ މިކަންކަމަށް ވަކި ގޮތެއް ނިންމެވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އެޑްރެސްކުރެވިފައިވާ ކަމަށެވެ.

ސެންޓަރުތަކުގެ ވެރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލުކޮށް، ޑްރައިވަރުންގެ ފަރާތުން އަގުތަކަށް ގެންނަން އެދޭ ބަދަލުތަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

އެގޮތުން ޑްރައިވަރުން ހުށަހެޅި އަގުތަކުގައި މާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގުތައް 30ރ. އަށް އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ އަގުތަކަށް ބަދަލެއް ގެންނާކަށް ހުށައެއްނާޅަ އެވެ. އޭގެ އިތުރުން ވެސް ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ނަމަ 100ރ. އަދި މާލެއިން އެއާޕޯޓަށް ނަމަ 80ރ. ނަގަން ވަނީ ހުށަހަޅާފަ އެވެ. އަދި މާލެއިން ހުޅުލޭގެ ސީޕްލޭން ޓާމިނަލަށް ނަމަ 100ރ. ގެ ރޭޓުން ނެގުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ހުޅުމާލެ އެއް ފޭސް އިން އަނެއް ފޭސްއަށް ދާނަމަ 40ރ. އަދި ހުޅުމާލެ ފޭސް ދެއަކުން އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ވެސް 120ރ. އަދި މާލެއިން ހުޅުމާލެ ފޭސް ދެއަކަށް ވެސް 120ރ. ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

މިކަމާއި ބެހޭ ކަންތައްތައް ދިރާސާ ކުރުމަށްފަހު އެކަމަށްޓަކައި ބައްދަލުވުމެއް ބާއްވާނެ ކަމުގައި މިނިސްޓްރީން ވަނީ ބުނެފައިކަމަށް މީޑިއާތަކަށް ޓެކްސީ ސެންޓަރުގެ އިސްވެރިން ވަނީ މައުލޫމާތު ދީފައެވެ. އަދި އެބޭފުޅުން ވިދާޅުވީ މީޓަރު ހަރުކުރުން ނޫން ގޮތެއް ނުފެންނަ ކަމުގައި ވާތީ ކުރިއަށް އެދަނީ އެގޮތުގެ މަތިން ކަމުގައެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ދަތުރު ތަކުގެ އަގުތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް މިނިސްރީގައި ނެތްކަން ހާމަ ކުރައްވާފައެވެ. މި ދަނޑިވަޅުގައި ފުލުހުންވެސް ވަނީ ބޮޑު އަގުގައި ދަތުރު ކުރާ ޑްރައިވަރުންނަށް ފިޔަވަޅުއަޅަމުންގެންދާނެ ކަމުގައި ބުނެފައެވެ.

މިގޮތުން ފުލުހުން “ޖެއްސުން” ކުރަމުން ގެންދާ ކަމުގައި ބުނެވެސް ބައެއް ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ވެސް އިހުތިޖާޖު ކުރި އެވެ. ޑްރައިވަރުން ބުނަމުން ގެންދިޔައީ ފުލުހުން އެމީހުންގެ މަސައްކަތަށް ހުރަސް އަޅަމުން ގެންދާ ކަމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: