ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އެކުލަވާލައި ޑިޖިޓަލް ޕޭމަންޓް ނިޒާމެއް ގާއިމު ކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑުރައިވަރުންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށް ދިވެހި ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ކެބިނެޓުން މިގޮތަށް ނިންމެވީ ހުސްވި ހަފުތާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ހުށަހަޅާފައި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޓެކްސީ ޑުރައިވަރުންގެ ދަފުތަރެއް ރައީސް އެކުލަވާލަން ނިންމީ އެ މީހުންނަކީ ރަސްމީ ސިފައެއްގައި އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ.

ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައި ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތައް އާމްދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުން ދަތުރު އެކުލަވާލާ އިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު ގާއިމު ކުރުން ހިމެނޭ ކަމަށާއި އަދި މި ނިޒާމުގެ ތެރެއިން ބޭންކުތަކާ މަޝްވަރާކޮށްގެން އެފަދަ ނިޒާމުގެ ދަށުން ބޭންކުތަކުން ނަގާ ފީ އުވާލެވޭނެ ގޮތެއް ހޯދުމަށް ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ ޓެކްސީ ނިޒާމު، ތަރައްގީކުރުމަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: