ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ކުރާ އަގުތައް ބޮޑުކޮށްފި

އަންނަ މަހުން ފެށިގެން ސީޓްބެލްޓް އެޅުން މަޖުބޫރުކޮށްފި / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ހިދުމަތުގެ އަގުތަކަށް ގެނެސްފައިވާ ބަދަލުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމުން، ޖުލައި 5 ވަނަ ދުވަހުން ފެށިގެން ޓެކްސީ ކުރަމުންދާ އަގުތަކަށްވަނީ ބަދަލުތަކެއް ގެނެވިފައެވެ.

ބަދަލުތަކެއް ގަނެއުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ ޓެކްސީ ކުރުމުގެ އަގުތަކުގައި ވާގޮތުން، މާލެ އަދި ހުޅުމާލޭގެ ފިޔަވަހިތަކުގެ އެތެރޭގައި ދަތުރެއްގެ އަގު ކަމަށް ކަނޑައެޅިފައިވަނީ 30$ އެވެ. މާލެއިން ހުޅުމާލެ ފިޔަވަހި އެކަކަށް ކަނޑައެޅިފައިވަނީ 85$އެވެ. މާލެއިން ހުޅުމާލެ ފިޔަވަހި ދެއަކަށް ކަނޑައެޅިފައިވަނީ 100$އެވެ. މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ދަތުރެއް ކުރުމަށް ކަނޑައެޅިފައިވަނީ 70$ އަށެވެ. ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުލެއަށް ކަނޑައެޅިފައިވަނީ 80$ އެވެ.

ހުޅުމާލެ ފިޔަވަހި ދެއަކުން ހުޅުލެއަށް އަދި ފިޔަަވަހި ދެއަކުން ހުޅުލެއަށް ކަނޑައެޅިފައިވަނީ 85$ އެވެ. އަދި ހުޅުމާލޭގެ އެއް ފިޔަވަހިން އަނެއް ފިޔަވެއްސަށް ދަތުރެެއް ކޮށްދިނުމަށް ކަނޑައެޅިފައިވަނީ 40$ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: