ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދުން ބޭރުން ޑޮމެއިން ވިއްކައި މިނިސްޓަރ ނަހުލާވަނީ ގާނޫނާއި ގަވައިދާއި ހިލާފުވެފަ: ހަމަދު

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަދު ނަހުލާ، ހަމަދާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮމެއިން ވިއްކުމުގައި ކަނޑައެޅިފައިވާ ގަވައިދުގެ ބޭރުން ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ ޑޮމެއިން ވިއްކައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ޣަނީ ވިދާޅިވެއްޖެއެވެ.

ހަމަދު މިކަން ހާމަކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އޭނާ އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީ އޭނާ ވަނީ ޓުވީޓާގައި ހިއްސާކުރައްވާފައެވެ.

ހަމަދުގެ ސިޓީގައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެގޮތުން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމުގެ އަސްލަކީ މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި އޭނާ ފޮނުއްވި މެއިލްތައް ހިމެނޭކަމަށް ހަމަދުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެ މެއިލްތަކުގައި މިނިސްޓްރީގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އޭނާގެ ސިޓީގައި ހާމަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޑޮމެއިން ވިއްކުމުގައި ކަނޑައެޅިފައިވާ ގަވައިދުގެ ބޭރުން ޑޮމެއިން ވިއްކައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަށްވެސް ތުހުމަތުކުރައްވައިފައިވެއެވެ.

ހަމަދުގެ މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ، ހަމަދު އެ ފާހަގަކުރައްވައިފައިވާ ފަދަ އެއްވެސް ކަމެއް މިނިސްޓްރީ ތެރޭގައި ހިނގުމަށް ފުރުސަތު ނުދެއްވާ ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ބަލައި އަބަދުވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކާއި ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ހިނގިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީ ތެރެއިން ގެންނާން ޖެހޭ އިސްލާހީ ބަދަލުތައް އަބަދުވެސް ގެންނަވާ ކަމަށާއި އެގޮތުން މިހާ ތަނަށް އައި އިރު މުހިންމު ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ހަމަދު މިފަހުން ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: