ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޗައިނާއަށް ފުރާވަޑައިގެންނެވިއިރު ސަލާމް ކުރައްވަން ނަހުލާ ހުންނެވި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާއަށް ފުރާވަޑައިގަތުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު ސަރުކާރުގެ އިސް ބޭފުޅުންނާއި ނައިބު ރައީސްގެ އަރިހުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވަޑައިގެންފިއެވެ.

ރައީސް މުއިއްޒު ފުރުވަން ނަހްލާ ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފެދެ އެވެ. އެތަނަށް ވަޑައިގަތުމަށް ނަހްލާއަށް ސަރުކާރުގެ ރަސްމީ ދައުވަތެއް އޮތްތޯ ސުވާލު އުފެދިފައިވާއިރު، މިކަން ވަނީ އާންުންގެ ސަމާލުކަމަށްވެސް އއައިސްފައެވެ. އާންމުން މި ސުވާލުތައް އުފެއްދީ އެމީހުން ބޭނުން އެއްޗެއް ލިޔެގެން މައުލޫމާތު ފަތުރާ ސޯޝަލްމީޑިއާގައެވެ. އާންމުންނަށް މި ސުވާލުތައް ކުރަން ފުރުސަތު ލިބުނީ ރައީސް މުއިއްޒު ފުރާވަޑައިގެންނެވި ޚަބަރާއިއެކު ރައީސް އޮފީހުން ހާމަކުރި ބައެއް ފޮޓޯތަކުން ނަހްލާ ފެނުމުންނެވެ.

ނަހްލާ އަކީ ނިމިދިޔަ ފަސް އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ.

ނަހްލާ ރޭ އެއާޕޯޓަށް ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުންކަމެއް އަދި މިހާތަނަށް ސާފުވެފައިނުވާއިރު، މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: