ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފިއެވެ.

މީގެ ކުރީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ހޯދުމަށް ފޯމު ހުށައަޅަނީ އޮންލައިންކޮށް ނަމަވެސް، ފޯމު ޑައުންލޯޑުކޮށްގެން ފުރުމަށްފަހު ސްކޭންކުރަންޖެހެއެވެ. އަދި އަޕްލޯޑު ކުރެވެނީ އެއަށްފަހުއެވެ. ނަމަވެސް އަލަށް ތައާރަފްކުރި “ޓްރާންސްޕޯޓް އޮންލައިން” މެދުވެރިކޮށް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެއެވެ. އެގޮތުން އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއްވެސް ލިބޭނެއެވެ.

“ޓްރާންސްޕޯޓް އޮންލައިން” ތައާރަފްކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތައް ލިބިގެންދާނެކަމަށް ފާހަގަކޮށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، މިހާރު ދުނިޔެ ވަނީ ޑިޖިޓަލް ދުނިޔެއަކަށް މިސްރާބު ޖަހާފައެވެ.

 އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ނަހުލާ ވިދާޅުވި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް މި ނިޒާމު ސިފަކުރެއްވީ މިނިސްޓްރީއާއި ރައްޔިތުންނާއި ދެމެދު މުއާމަލާތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިއީ މިނިސްޓްރީއަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބުނު ނިޒާމެއްކަން އަލީ ސާލިހު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: