ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލްތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ގަރާޖުތައް ބޭނުން ކުރެވޭތޯ ބަލަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުތައް އެއީ ބޭނުން ކުރެވޭ ތަންތަންތޯ ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރާއިރު، ގަރާޖުގެ ވެރިފަރާތަަށް އެންގުމެއް ނެތި، އެ ގަރާޖުތަކުގައި އުޅަނދުތައް ރަޖިސްޓަރީ ކުރަމުން ގެންދާތީ އެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާ ކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރި ތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާންގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: