ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ބަހުގެ ހިދުމަތް ފަށަން ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހަދަން ސަރުކާރުން އަންގައިފި

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ވެފައިވާ ވަޢުދާއި އެއގޮތަށް މި މަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފެށުމަށް މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދަން ސަރުކާރުން ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު މާލެ ސިޓީގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާ އެކަމާއި ގުޅޭ މަޝްވަރާތައް ސިޓީ ކައުންސިލާއި ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް ނަގައި މަގުތައް ހުސް ކުރުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ވާހަކަ ސަރުކާރަށް އަންގާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވި ގޮތުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކް ނުކުރެވޭ ގޮތް ހަދާ މިހާރު ޕާކް ކޮށްފައިވާ ވެހިކަތްތައް ނަގާ ހުސްކުރަން އަންގާފައިވާ މަގުތަކަކީ މަޖީދީމަގާއި، އަމީނީ މަގާއި އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ. އަދި އެ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހު ޕާކް ކުރެވޭނެ އެހެން ސަރަހަްދުތަކެއް ހެދުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ސަރުކާރުން އެންގި ގޮތަށް އަމަލު ނުކުރުމުން މާލޭގެ ޕާކިން ބެލެހެއްޓުމުގެ ބާރު ސިޓީ ކައުންސިލުން ނަގާ ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފެށުމަށް ޕާކް ކުރުމުން މަނާ ކުރުމަށް ސަރުކާރުން އަންގާފައިވާ މަގުތަކުގައި މިހާރު ޕާކް ކޮށްފައިވާ ވެހިކަތްތައް ނެގުމަށް ފަހު އެ ވެހިކަލްތައް ޕާކް ކުރާނެ އިތުރު ޕާކިން ޒޯޏްތަކެއް ހަދާނެ ބިމެއް ނެތް ކަމަށެވެ. އެހެން ކަމުން ޕާކް ކުރާނެ ތަނެއް ނުދައްކާ އެކަން ނުކުރެވޭނެކަން ސަރުކާރަށް އަންގާފައިވާކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ނަމަވެސް ޓްރާންސްޕޯޓުގެ ހިދުމަތް ސަރުކާރުގެ ކުންފުންޏަކުން ދެމުން ގެންދާތީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ހުރިހައި އެއްބާރުލުމެއް ކައުންސިލުން ދެމުންދާކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ނަރީޝް ވިދާޅުވީ ސަރުކާރުން އެންގި ގޮތަށް ކައުންސިލުން އަމަލު ނުކުރުމުން މާލޭގެ ޕާކިން ބެލެހެއްޓުމުގެ ކަންކަން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަކީ ލާމަރުކަޒީ ގާނޫނާއި ހިލާފް ކަމެއް ކަމަށެވެ. އަދި ކައުންސިލްގެ ބާރުތައް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުގައި ވެސް މަގުތައް ބެލެހެއްޓުމާއި އެ ނޫން އެފަދަ ކަންކަމަކީ ސިޓީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ކައުންސިލްގެ ބާރުތައް ނެގި ކަމަށް ބުނެ މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު ފަޑުވިދާޅުވި ކަމަށާއި މިއަދު ރައީސް ސާލިހުގެ ސަރުކާރުން ވެސް މިހާރު ކުރަމުންދާ މަސައްކަތަކީ އެކި ބަހަނާތައް ދައްކައިގެން ސިޓީ ކައުންސިލްގެ ބާރުތައް ނެގުމުގެ މަސައްކަތް ކަމަށް ނަރީޝް ވިދާޅުވިއެވެ. އެ ފުރުސަތު ނުދޭނެ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޕާކުނުކުރެވޭނީ،، ނޫވަތަ ކޮށްފިނަމަ ފައިސާގެ އަދަބުދޭނީ އާދައިގެ ނިކަމެތި މީހާއަށް،، “އިންސާނުންނަށް އިޙުތިރާމުނުކުރާ ކުރަން ނުދަންނަ “ދީނީ ޓްރޭޑްމާކް”ޖެހި މީހުންނާއި،، ފަސްލައްބަ ޢިއްޒަތްތެރިއަކު” ތިޔައިންތަނަކު ކާރު އުޑުތިލަމަތިންބޭއްވިޔަސް ތަންފީޒީ ފަރާތްތަކުން އަޅާވެސްނުލާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: