ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމް “ފަންނުވެރިޔާ” ގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ޔޫތް ޕްރޮގްރާމް އެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. މި ޕްރޮގްރާމް “ފަންނުވެރިޔާ” ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕާއި ގުޅިގެން 70 ވަނަ ޖަލްސާގައި މޭޔަރު ވިދާޅުވީ މިކަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދޮނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމިކަމެއް ކަމަށެވެ.

މާލޭގައި ވަރަށްގިނަ ޒުވާނުން އެބަތިބި މަސައްކަތެއް ނެތިފަ، ކުރެވޭނެ ގޮތެއް ނުފެނިފަ، އާމްދަނީ ހޯދޭނެ ވަޞީލަތެއްނެތިފަ ތިބި. އެހެންވީމަ ކައުންސިލުން އެފަދަ ފުރުޞަތެއް ފޯރުކޮށްދެވޭ ގޮތްވުމަކީ ވަރަށް މުހިންމު ކަމަކަށްވާނެ

މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުން ކަމުގައި މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވޯކްޝޮޕާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓެއްގައި ވަނީ ކައުންސިލްގެ އެކްޝަންޕްލޭންގައި ހިމެނޭ ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް ހިލޭ ހިންގޭ “ފަންނުވެރިޔާ” ޕްރޮގްރާމްގެ ފުރަތަމަބެޗްގައި ބައިވެރިވެލެއްވުމަށް ދަޢުވަތު ދެއްވާފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މަސްދުވަހުގެ މުއްދަތަށެވެ. ވޯކްޝޮޕް ފެށުމަށްހަމަޖެހިފައި ވަނީ އަންނަ މާރޗް މަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: