ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ގަސް ވިއްކަނީ ހުއްދަ ނުނަގާ، ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ

މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް މޭޔަރު ބައްލަވާލައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަހާއި، ގަސް ހެއްދުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ހާއްސަ ކޮށް މާލޭ ސިޓީ ކައުންސިލުން ވިޔަފާރި ކުރަމުންދަނީ އެކަމަށް ނަގަން ޖެހޭ ހުއްދަ ނުނަގާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ “އެއް ލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ އަދި ހެއްދުމަށް ކާނިވާ ސަރަހައްދުގައި ގާއިމު ކުރި އައުޓްލެޓް “މާލެ ފެހި” އާންމުންނަށް ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން “ސަންގަށް” ވިދާޅުވީ ސިޓީ ކައުންސިލުން އެ ވިޔަފާރި ކުރަމުންދަނީ، ވިޔަފާރި ކުރުމަށް އެ މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނަގައިގެން ނޫން ކަމަށާއި، އަދި ކައުންސިލްތަކުގެ ގާނޫނާއިވެސް ހިލާފަށްކަމަށެވެ. މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި، މި މައްސަލަ ތަހުގީގުކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ފިހާރަ ހުޅުވާފައިވަނީ 25 ވައްތަރަކުން ހާހެއްހާ ގަހާއެކުގަ އެވެ. އޭގެ ތެރޭގައި އަނބާއި ފޭރާއި ސަބުދެއްޔާއި ކަޅުހުތުމޭވާ އާއި މިރުހާއި ލުނބޯ އަދި ޖަނބުރޯލް ފަދަ މޭވާ އަޅާ ގަސް ހިމެނެއެވެ.

މިފަދަ ވިޔަފާރިއަކަށް ސިޓީ ކައުންސިލް ފަދަ ދައުލަތުގެ އިދާރާއަކުން ވަނުމުން އާންމު ރައްޔިތުންގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެފަދަ ވިޔަފާރި ކުރާ ބައެއް މީހުން ގަބޫލުކުރެއެވެ. އެކަމާއި ގުޅިގެން ކައުންސިލަށް ގިނަ ފާޑުކިޔުންތަކެއްވެސް އަމާޒުވިއެވެ.

ފާޑު ކިޔުންތަކާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގަހާއި ގަސް ކާނާ ވިއްކަން މާލެ ސިޓީ ކައުންސިލުން ހުޅުވި ފިހާރައިގެ ސަބަބުން، އެ މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ވާނީ ފައިދާ ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: