ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް- 19 އާއި ގުޅިގެން އަމިއްލަ މަސައްކަތެރިންނަށް މާލީ އެހީގެ ޕްރޮގްރާމުގެ ތިންވަނަ ބުރަށް ފޯމު ހުށަހެޅުން ހުޅުވާލައިފި

ރާއްޖެެއަށް ކުރިމަތިވާނެ އިގްތިސޯދީ ގޮންޖެހުންތައް، ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވާހަކަ ދައްކަވަނީ - ފޮޓޯ: ފައްޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” ގެ ދަށުން، ކޮވިޑް- 19 އާއި ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަށް ފޯމު ހުށަހެޅުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ރިވިއު ކުރެވި ގްރާންޓް ފައިސާ ދަނީ ދޫކުރެވެމުންކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަމިލްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގައި އެޕްލިކޭޝަން ލުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް

މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތުކަމަށްވާއިރު، ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ. ޕްރޮގްރާމުގެ ދަށުން އެހީ ދެވޭނެ ދާއިރާތައް ތެރޭގައި 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން ހިމެނޭއިރު، ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާން ޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ” ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” ގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: