ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއަރޕޯޓު ތަރައްގީ ކުރުމަށް ހަވާލު ކުރާނެ ކޮންޓްރެކްޓަރު ކަނޑައަޅައިފި

އައްޑޫ ސިޓީ ގަން އިންޓަރ ނޭޝަނަލް އެއާޕޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގަން އިންޓަރނޭޝަނަލް އެއަޕޯޓު ތަރައްގީ ކުރުމަށް ހަވާލު ކުރާނެ ކޮންޓްރެކްޓަރުން ކަނޑައަޅައި އެ ފަރާތައް އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ގަން އެއަރޕޯޓު ތަރައްގީ ކުރުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އެއަރޕޯޓު ތަރައްގީ ކުރުމުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް މިހާރު ވަނީ އެ މަޝްރޫޢު ހަވާލު ކުރުމަށް ސަރުކާރުން ޝައުގުވެރިވާކަން އަންގާފައެވެ. އަދި 5 ދުވަހުގެ “ސްޓޭންޑްސްޓިލް” މުއްދަތަށް ފަހު، މާލިއްޔާތު ގަވައިދުގެ ދަށުން އެ ފަރާތަށް ރަސްމީކޮށް މަޝްރޫޢު ހަވާލު ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ޒަމާނީ ވަސީލަތްތަކާއި އެކު އެއަރޕޯޓުގެ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، އެއަރޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރަންޓު އަދި ލައުންޖު ވަސީލަތްތައްވެސް ތަރައްގީ ކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރެޖާއި އެކު ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، އާ ކޮންޓްރޯލް ޓަރަވެއްގެ އިތުރުން، ފަޔަރ ސްޓޭޝަނެއް އަދި އެއަރޕޯޓުގެ މަގުތަކާއި ޕާކިންގް ސަރަހައްދުވެސް ތަރައްގީ ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، މި ކަމުގެ ސަބަބުން ދެކުނުގެ އަތޮޅު ތަކަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާވެގެންދިއުމުގައ މަގުފަހިކުރާނެ މަޝްރޫޢުއެއްކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ އަތޮޅުތަކާއި މުޅި ދުނިޔެއާއި ގުޅިގެންދާނެއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމުގެ އިތުރުން އެހެނިހެން ސިނާތުތައްވެސް ތަރައްގީ ކުރުމަށް އެއަޕޯޓުން މުހިންމު ދައުރެއް އަދާ ކުރާނެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، އެއަރޕޯޓުގެ ސަބަބުން ސިދާ ގޮތުންނާއި ނުސީދާ ގޮތުން، އެތައް ހާސް ވަޒީފާތަކެއް އުފެދި، ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުވެގެންދާނެއެވެ. އަދި އައްޑޫ ސިޓީގައި އިގްތިސާދީ ހަބެއް ގާއިމު ކުރުމަށް ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ވެގެންދިއުމުގައިވެސް އެއަރޕޯޓު މުހިންމު ދައުރެއް އަދާ ކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އައްޑޫ މީހުން މިހާރު ގުނބޯހެއްދިއްޖެ ވަރައް ދުވަސް ވަން ދެން.މިފަހަރު އިބްރާހީމް ނޫން އެހެން ވިސްނުމެއް އައްޑޫ ރައްޔިތުން މިދަނީ ވިސްނަމުން ފައްޔާޒާއި އިބުރާހީމަށް ވަރައްސަލާމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: