ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ފިނޭންސް އިން ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވާގޮތުން ހުޅުވާލެވިފައިވާ ލޯނުގެ ފުރުސަތަކީ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަހިކޮށްފައިވާ ފުރުސަތެކެވެ. އަދި ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކު މެދުވެރިކޮށް ފިނޭންސް އިން ހަމަޖައްސާފައިވާ މި ލޯނަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ހުންނާނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

މިއީ މީގެ ކުރިންވެސް އިއުލާނުކުރެވި، ލޯނުވެސް ދޫކޮށްފައިވާ މި ސްކީމު ހުޅުވާލެވިގެންދާނެ ފަހުބުރު ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވެއެވެ. ލޯނަށް ހުށައަޅާ ފަރާތްތަކަށް 7 މިލިއަން ރުފިޔާއާއި ހަމައަށް އެދެވޭނެއެވެ. މި ލޯނުގެ އިންޓްރެސްޓު ރޭޓަކީ 6 އިންސައްތަކަމަށްވާއިރު، ލޯނު އަނބުރާ ދައްކަންޖެހެނީ 4 އަހަރުންނެވެ. ލޯނަށް އެދޭ ފަރާތްތަކުން އެއްވެސް ރަހުނެއް އަދި ސެކިއުރިޓީއެއްވެސް ބަހައްޓަން ނުޖެހެއެވެ.

ލޯނަށް އެދޭ ފަރާތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އެގޮތުން އެޕްލައި ކުރާ ފަރާތަކީ މަދުވެގެން 6 މަސް ދުވަހު މަސައްކަތް އޮޕަރޭޓުކޮށްފައިވާ ފަރާތެއްކަމަށްވާންޖެހެއެވެ. އަދި އެ ފަރާތަކީ ކުރިން އީއައިބީ ލޯނު ލިބިފައިވާ ފަރާތެއް ކަމަށް ނުވުމަކީ ޝަރުތަކަށް ވާއިރު، އިވެލުއޭޓް ކުރާ އަހަރު ޕްރޮފިޓެއް ލިބިފައިވުމާއި، ކަރަންޓް ރޭޝިއޯ 1 އަށް ވުރެ އިތުރުވުން ގިއަރިންގ ރޭޝިއޯ 4 އަށް ވުރެ ދަށްވުމާއި، އެވްރެޖް ޑެޓް ސަރވިސް ކަވަރޭޖް ރޭޝިއޯ ފުރަތަމަ އަހަރު 1 ށް ވުރެ ދަށް ނުވެ، ބާކީ ހުރި އަހަރުތަކުގައި 21.1 ދަށް ނުވެ ހިފެހެއްޓުމާއި ނަން-ޕަރފޯމިންގ ލޯނެއް ފާއިތުވި 12 މަހު ނަގާފައިނެތުމުގެ އިތުރުން އެއްވެސް ލޯނެއްގެ އޯވަޑިއު ޕޭމަންޓެއް ނެތުމަކީވެސް ލޯނަށް ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހަމަވާންޖެހޭ ޝަރުތުތަކެވެ.

އިކޮނޮމިކް ސްޓިމިއުލަސް ލޯނު ނެގޭނީ ނިމިފައިވާ ޕްރޮޖެކްޓްތަކަށާއި، ވޯރކިންގް ކެޕިޓަލް ބޭނުންވާ ނިންމާފައިވާ ޕްރޮޖެކްޓުތަކަށާއި ކޮވިޑް 19ގެ ސަބަބުން އޮޕަރޭޝަން ހުއްޓިފައިވާ ތަންތަނަށާއި އާ ޕްރޮޖެކްޓުތައް ހިންގުމައްކަމަށް ފިނޭންސްއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: