ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަގީރުކަން ނައްތާލެވޭނީ އިގްތިސާދީ ގޮތުން ފުދުންތެރިކަން އައީމަ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އިސްލާމިކް މިނިސްޓާ އަހުމަދު ޒާހިރު. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަގީރުކަން ނައްތާލެވޭނީ އިގްތިސާދީ ގޮތުން ފުދުންތެރިކަން އައީމައިކަމަށް، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޒަކާތުގެ ނަފާ ޕްރޮގްރާމާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި މަސައްކަތުގައި އިސްލާމިކް މިނިސްޓްރީއާއިއެކު އިކޮނޮމިކް މިނިސްޓްރީ އިން މަސައްކަތްކުރަމުންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

އެގޮތުން ފަގީރުންނަށް ދެވޭ ޒަކާތުގެ ފައިސާ ބިނާކުރަނިވި ގޮތަކަށް ފަގީރުންނަށް ފޯރުކޮށްދޭން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އެދިވަދައިގެންފައިވާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ،  އިކޮނޮމިކް މިނިސްޓްރީގެ ދަށުން އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ވެސް ގުޅިގެން މަސައްކަތް ފެށީ، ރާއްޖޭގައި ފަގިރުން ނުތިބޭނެ ގޮތެއް ހޮދުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށްޓަކައިކަމަށެވެ.

ފައްޔާޒް ވިދާޅުވީ ފަގީރުންނަށް ޒަކާތް ފޯރުކޮށްދީފައި އެހިސާބުން ދޫކޮށްނުލާ، އޭގެ އޮބްޖެކްޓިވް އާއި ހަމައަށް ވާސިލްވެވެންްދެން އެކަމުގައި ބައިވެރިވެގެން އުޅެން ބޭނުންކަމަށެވެ.

އެގޮތުން ފައިސާ ފޮރުކޮށްދޭއިރު، މިނިސްޓްރީގެ ފަރާތުން އެކަމަށް ޓްރެއިން ކުރުވާނެކަމަށާއި، އެގްރިކަލްޗަރުގެ ދާއިރާއަށް އެ ފައިސާ ބޭނުންކުރަނީނަމަ، އުފައްދާ ތަކެތި ގަތުމާއި މާކެޓުކުރުމުގައި އެގްރޯނެޓުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި، އަދި އެހެނިހެން ކަންކަން ކުރައްވަން ބޭނުންވާ ބޭފުޅުންނަށް ބީސީސީ މެދުވެރިކޮށް އެކަމަކަށް މަގުފަހިކޮށްދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން އަމިއްލައަށް މަސައްކަތެއް ކުރަން ނުވަތަ ވަޒީފާއެއް އަދާކުރަން ބޭނުންވަނީނަމަ އެ ޓްރެއިނިންވެސް ދޭނެކަމަށް ފާހަގަކުރެއްވިއެވެ.

މީގެ ހަމަ މައިގަނޑު ބޭނުމަކީ އެފަދަ ފަރާތްތަކާއި ދައުލަތުގެ، އަޅުގަނޑުމެންގެ މިނިސްޓްރީއާއި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމީހުން އެ އޮތް ހާލަތުން ގެނެސް، އެމީހުންކީ ކޮމިއުނިޓީއަށް ހިދުމަތްކުރާ އަދި އެބޭފުޅުންކީ ޒަކާތްވެސް ދައްކަވާ، އެހީތެރިކަން ފޯރުކޮށްދެވޭނެ ބަޔަކަށް ހެދުން

މިއީ އިޖުތިމާއީ މަސައްކަތަކަށްވުރެ އިގްތިސާދީ މަސައްކަތެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒް ވިދާޅުވީ ފަގީރުކަން ނައްތާލެވޭނީ އިގްތިސާދީ ގޮތުން ފުދުންތެރިކަން އައީމައިކަމަށެވެ. ފަގީރުކަން އޮތުމުން ރަށްރަށުގައި އެކިކަހަލަ އިޖުތިމާއީ މައްސަލަތައް ފެންމަތިވާކަމަށާއި، އެހެންކަމުން ވިސްނީ ރަށްރަށަށް ވީހާވެސް އަވަހަކަށް އެ ބަދަލު ގެނެވޭނެ ގޮތެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ކަނޑައެޅިގެންދިޔައީ 10 ގޭބިސީން ދަށުގެ ނިސްބަތުން ފަގީރުން ދިއުޅޭ ގޭތަށް ހުރި ރަށްތަކުގައި މި މަސައްކަތް ފެށުމަށްކަމަށެވެ. އޭރުން 96 ރަށެއްގައި މި މަސައްކަތް ކުރިއަށްގެންދެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުންގެ ހާލަތު މި ޕްރޮގްރާމް މެދުވެރިކޮށް ރަނގަޅު ހާލަތަކަށް ގެންދެވިއްޖެނަމަ އިތުރަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޮރުކޮށްދޭނެކަމަށާއި، އެމްއީޑިގައި އޮންނަ ނުވަތަ ސްޓާޓްއަޕް ޕްރޮގްރާމްގެ ދަށުންވެސް ކުރިއެރުމަށްޓަކައި އެހީތެރިކަން ދޭނަކަމަށެވެ. އެހިއެއްދީފައި ނިންމާނުލާ ހަގީގީ ނަތީޖާއެއް ނެރުމަކީ އުއްމީދުކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: