ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން ފޭސް ދެއެއްގައި ރޯދަ މަހަށް ހާއްސަ މާރުކޭޓެއް ހަދަނީ

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާރުކޭޓެއް ގާއިމުކުރުމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ 90 ވަނަ ރަސްމީ އާންމު ޖަލްސާގައި ޕޭސް ދެއެއްގައި ވަގުތީ ބާޒާރެއް ބިނާ ކުރުމަށް ހުށައެޅުއްވީ ކައުންސިލުގެ މޭޔަޒު ޑރ މުހައްމަދު މުއިއްޒުއެވެ.

މޭޔަރ ވިދާޅުވީ، ސަރުކާރުން މާލޭ ސިޓީ ކައުންސިލާއި ހިންގުމުގެ މަސައްކަތްތައް ހަވާލުކޮށްފައިނުވާނަމަވެސް ހުޅުމާލެއަކީ މާލޭގެ ބައެއްކަމަށެވެ. އަދި ޕޭސް ދެއެއްވެސް ހިމެނެނީ މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، އެ ތަނަށް މާލެ ސިޓީ ކައުންސިލުގެ ބާރުވެރިކަން ހިނގާ ކަމަށްވުމުން އަދި ޕޭސް ދެއެއްގައި ދިރިއުޅެމުންދާ 10،000 ވަރަކަށް އާއިލާ ރޯދަމަހުގެ ތެރޭގައި ބޭނުންވާ ތަކެތި މާލެ ނޫނީ ޕޭސް އެކަކަށް ގޮސްގެން ހޯދަންޖެހުމަކީ ދަތިކަމަކަށް ވާނެކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެހެންކަމުން މާލެ ސިޓީ ކައުންސިލުންވާނީ ދުރާލާ ރާވައިގެން ޓެންޓު ޖަހައި ވަގުތީ މާރުކޭޓު ގޮޅިތަކެއް ބިނާ ކުރުމަށް ނިންމާފައިކަމަށް ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ، އެކަން ކުރާނީ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ހޯދޭނެ ގޮތަކަށް ކަމަށެވެ. އަދި މިކަން ކުރެވުމަށް ރައްޔިތުން ވަރަށް ބޮޑަށް އެދޭނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ޕޭސް ދެއެއްގައި މާރުކޭޓެއް ގާއިމު ކުރެއްވުމަށް މޭޔަރ މުއިއްޒު ހުށައެޅުއްވި ހުށައެޅުން ފާސް ވެގެންދިޔައީ ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވި އެންމެހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: