ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަނީ!

ކޮވިޑުގެ ތެރޭގައި ޓްރާންސްޕޯޓުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދެކެވޭ ވާހަކަ: މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ނަހުލާ ހާޒިރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތައް ދިނުން ޑިޖިޓަލައިޒް ވެގެން ދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތުދެއްވަމުން މިނިސްޓްރީން ބުނީ އެ ޚިދުމަތް ޑިޖިޓަލްކޮށް ދިނުމަށް ނިންމީ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގުސަދުގައިކަމަށެވެ. މިއާއިއެކު އާދިއްތަ ދުވަހު ފެށިގެން ޑިިޖިޓަލް ލައިސެންސް ކާޑު ލިބޭނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބަލައިގަތުމަށް މިނިސްޓްރީއިން ވަނީ ފުލުހަށް އަންގާފައެވެ.

ފުލުހުން ދެން ލައިސެންސް ކާޑާއި ބެހޭ މައުލޫމާތު ބަލާނީވެސް މި އެޕްލިކޭޝަން މެދުވެރިކޮށްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. މި ލައިސަންސް ހަވާލުކުރެވުމާއިއެކު، ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށްކަމަށް މިނިސްޓްރީއިން ބުނެފައިވާއިރު، ދެން ލައިސަންސްވެސް ދޫކުރާނީ ޑިޖިޓަލްކޮށްކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ.

މި ބަދަލާއި ގުޅިގެން ބައެއް ހަރަދުތައް ކުޑަވާނެކަމަށް ފާހަގަކޮށް، މިނިސްޓްރީއިން ބުނެފައިވަނީ، ޕްރިންޓު ކުރުމަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެކަމަށެވެ.

ލައިސަންސްގެ ހިދުމަތް ޑިޖިޓަލްކުރި ނަމަވެސް ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިހާރު ވަގުތީ ގޮތުން ލައިސަންސްގެ އެންމެހާ ޚިދުމަތްތަކެއް ދިނުން ހުއްޓާލާފައިވާއިރު، ހިދުމަތް ހުއްޓާލި ސަބަބެއްގެ ގޮތުގައި މިނިސްޓްރީއިން ފާހަގަކުރީ މިނިސްޓްރީގެ ސޮފްޓްވެއާގައި ހިމެނޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ބެހޭ ޚިދުމަތުގެ ޑޭޓާ މައިގްރޭޝަންގެ މަސައްކަތައްކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ މި މަސައްކަތަކީ މިނިސްޓަރު އައިޝަތު ނަހުލާ ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: