ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހަމެޖެހުމެއް ލިބެމުންދަނީ ގާސިމްގެ ވިޔަފާރިތައް ފުޅާކުރުމުގެ ސަބަބުން: ނަހުލާ

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ/ ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބިފައިވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސީމް އިބްރާހިމްގެ ވިޔަފާރި ފުޅާކުރުމުގެ ސަބަބުންކަމަށް އެމަނިކުފާނުގެ އަނބިކަންބަލުން އަދި ޖޭޕީގެ ނައިބު ލީޑަރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމްގެ ކެމްޕެއިން ހަރަކާތުން ބައެއްގެ ގޮތުގައި ހިއްސާކުރަމުންދާ އިންޓަރވިއު ވީޑިއޯތަކެއްގައި ނަހުލާވަނީ ވިލާ ކުންފުނީގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ސިނާއަތު ޑީ-މޮނޮޕޮލިޒް ކުރެވިގެންދިޔަ ގޮތާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން ގާސިމް އަށް ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި އަމިއްލަ ވިޔަފާރި ފުޅާކުރައްވާނެކަމުގެ ތުހުމަތުތައް އަމާޒުވާކަމަށް ނަހުލާ އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ހަމަޖެހުމެއް ލިބިފައިވަނީ ގާސިމް އިބްރާހިމް ފެއްޓެވި ވިޔަފާރި ފުޅާކުރުމުގެ ސަބަބުންކަމަށް ދަންނަވާކަމަށެވެ. ނަހުލާ ވިދާޅުވީ، އެގޮތަށް އޭނާ ވިދާޅުވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ހިންގަމުންދާ މަޝްރޫއުތައް ހިންގަމުން އައީ ސަރުކާރުންކަމަށްވުންކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ފަރުދުންނަށް އެކަމުގެ ތެރޭގައި ބައިވެރިވެވޭނެ އިންތިޒާމުތައް އޮތްނަމަވެސް އެކަމެއް ނުކުރާކަމަށާއި އެހެންކަމުން އަގުތައް ކަނޑައެޅުމުގެ ބާރުތައް ސަރުކާރުގެ އަތުގައި އޮވެ ވާދަވެރި މާހައުލެއްވެސް ނޯންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތު އޮތީ މޮނޮޕޮލައިޒް ކުރެވި ހުއްޓުމެއްގެ ތެރޭގައިކަމަށެވެ.

އެހެންކަމުން އެ އުސޫލު ނިމުމަކަށް ގެނައުމުގެ މަގުސަދުގައި އަމިއްލަ އަށް އިސްނަންގަވައިގެން ގާސިމް އެކި އެކި ދާއިރާތަކުން ވިޔަފާރިތައް ފައްޓަވައި ފުޅާކުރެއްވިކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގާސިމް ކުރެއްވި އެ މަސައްކަތްތަކުގެ ނަތިޖާއަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި އެކި ހިދުމަތްތައް ލިބެން ފެށުންކަމަށެވެ. އެގޮތުން ތެލުގެ ބާޒާރާއި ދަތުރު ފަތުރުކުރުމުގެ ދާއިރާގެ ޓިކެޓުތަކުގެ އަގުތައްވެސް ހެޔޮވެގެންދިޔައީ ގާސިމްގެ ސަބަބުންކަމަށް ނަހުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ވިޔަފާރިއަކަށް ބެއްލެވި ނަމަވެސް ގާސިމްގެ ވިޔަފާރިތައް ފުޅާކުރުމުގެ ސަބަބުން އަގުތައް ހެޔޮވިކަން ފާހަގަކުރެވޭނެކަމަށެވެ. ނަހުލާ ވިދާޅުވީ، ސަރުކާރަށް ޖެހުނީ އަގުތައް ކޮންޓްރޯލްކޮށް ތިރިކުރަންކަމަށެވެ. އެގޮތުން އެންމެ އަގު ހެޔޮކޮށް ޓިކެޓު ލިބޭނީ ފްލައިމީ މެދުވެރިކޮށްކަމަށާއި ގައުމީ ކެރިއަރުން ޓިކެޓުގެ އަގުތައް ދަށްކުރަން ޖެހުނީ ވިލާގެ އަގުތައް ދަށްވުމުގެ ސަބަބުންކަމަށް ނަހުލާ ސިފަކުރެއްވިއެވެ. އެހެންކަމުން ގާސިމް ވިޔަފާރިކުރުމުން ފައިދާ ވެގެންދަނީ ކޮން ބަޔަކަށްތޯ ނަހުލާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އޭނާވަނީ ގާސިމްގެ ވެރިކަމެއްގައި އަމިއްލަ ފައިދާއަށް މަސައްކަތްތައް ނުކުރައްވާނެ ސަބަބާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ގާސިމްއަކީ ވޭތުވެދިޔަ 40 އަހަރު ދުވަހު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ލިބިވަޑައިގެންނެވި އާމްދަނީގެ 60 އިންސައްތައަށްވުރެ ބޮޑު އަދަދެއް ދިވެހި ރައްޔިތުންނަށްޓަކައި ހޭދަކުރެއްވި ބޭފުޅެއްކަމަށް ނަހުލާ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރަށް އައިސް އުމުރުން 74 ވެފައިވާއިރު ދަރަނިވެރިވެފައިވާ ދައުލަތަކާއި ހަވާލުވުމަށް މަސައްކަތްކުރައްވަމުންދާއިރު، ފުރަން މަސައްކަތްކުރައްވާނީ ކޮން ޖީބެއްތޯ ނަހުލާ ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އާދައިގެ ވިސްނުމަކުން ވިސްނާލިޔަސް އެ ވާހަކަތަކަކީ ހަގީގަތެއްކަން އެނގޭނެކަމަށާއި ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަކީ ގާސިމް އިބްރާހިމްއަށް ބުރަ އަހަރުތަކެއް ކަމަށާއި އެމަނިކުފާނު އުޅުއްވަން ޖެހިވަޑައިގަންނަވާނީ އަވަދިނެތިކަމަށް ނަހުލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: