ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މިނިސްޓަރ ނަހުލާ މަޖިލީހަށް ވާދަ ކުރަނީ!

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތި ނަހުލާ މަޖިލީހަށް ވާދަކުރުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވައިފިއެވެ.

ނަހުލާ މިކަން ހާމަ ކުރެއްވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ނަހުލާ ވާދަ ކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.

ނަހުލާ ވިދާޅުވީ އުންމީދަކީ ދާއިރާގެ އެންމެހާ ރައްޔިތުން އޭނާއަށް ތާއީދުކޮށް، ވޯޓު ދެއްވުންކަމަށެވެ.

ނަހުލާއަކީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުވެސްމެއެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެޕާޓީން ބުނީ، އެފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: